A wide advertisement which will be shown on all devices. (700 x 100)

ހާއްސަ ކަވަރޭޖް: ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގެންފި

ރައީސް ޔާމީން ފުވައްމުލަކު އެއަރޕޯޓްގައި: ފޮޓޯ: އަހްމަދު ޝަފީގް

16:38 ފުވައްމުލަކު ފެނާއި ނަރުދަމާގެ މަޝްރޫއު އިފްތިތާހްކުރުން މިރޭ 20:30 ގައި ހާފިޒް އަހްމަދު ސުކޫލްގައި އޮންނާނެ ކަމަށް ދެންމެ އެއަރޕޯޓް ގައި އިއުލާންކޮށްފި. ހުރިހާ ރައްޔިތުންނަށްވަނީ ދައުވަތު އަރުވާފަ.

16:32 އަދިވެސް ރައީސް ޔާމީންދަނީ އެއަރޕޯޓަށް މަރުހަބާ ދެންނެވުމަށް ގޮސްތިބި އާންމުރައްޔިތުންނާއި ސަލާން ކުރައްވަމުން. އަދި ހަމަ އިދިކޮޅު ފަރާތްތަކުން ޢާޒީ މަގާއި ނައިބުތުއްތު މަގާއި ގުޅޭ ކަންމަތީގައި އެމީހުންގެ ޝުއޫރު ލިޔެފައިވާ ބެނާތައް ހިފައިގެން އެބަތިބި.

16:22 ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް އެއަރޕޯޓަށް ދިޔަ މީހުންނާއި ސަލާމް ކުރަމުން އެބަގެންދޭ

16:20 މުޒާހަރާ ކުރާ މީހުން ޢާޒީ މަގާއި ނައިބުތުއްތު މަގާއި ގުޅޭ ކަންމަތީގައި އެމީހުންގެ ޝުއޫރު ލިޔެފައިވާ ބެނާތައް ހިފައިގެން އެބަތިބި. މުޒާހަރާ ކުރާ މީހުން އެހާ ގިނައެއް ނޫން.

16:18 ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ޝުއޫރު ފާޅުކުރަށް މިސްކިތްމަގު ހަަރުގޭގައި ހަރަކާތްތަކެއް ހިންގަމުން އެބަދޭ.  

16:15 މަރުހަބާގެ ލަވައެއް ޖަހަމުންދަނީ، އެއަރޕޯޓަށް ގިނަ އަދަދެއްގެ ބަޔަކު ގޮސްފައިވޭ، އާންމު ރައްޔިތުންނާއި ސަލާމް ކުރައްވަމުންދަނީ 

16:12 ފުވައްމުލަކު ވައިގެ ބަނދަރުން ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެބަތިބި. ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް އިސްކޮށް ތިއްބެވީ ދައުލަތުގެ އިސްވެރިން. އޭގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު އާއި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ހިމެނިވަޑައިގަންނަވާ. އަދި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޚިދުމަތްތެރިއެއް ކަމަށްވާ ޝައިޚް މުހައްމަދު ރަޝީދު އިބްރާހިމް ވެސް އެބަހުންނެވި. މީގެ އިތުރުން ސަރުކާރުގެ މިނިސްޓަރުން ވެސް އެބަތިއްބެވި

16:10 ރައީސް ޔާމީން ދާދި ދެންމެއަކު ފުވައްމުލަކަށް ވަޑައިގެންފިއެވެ.

ރައީސް ޔާމީން ފުވައްމުލަކު ރައްޔިތުންނާއި ބައްދަލުކުރުން އޮންނާނީ މިރޭ ހާފިޒް އަހްމަދު ސުކޫލްގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !