A wide advertisement which will be shown on all devices. (700 x 100)

ސައިކަލް ޓެކްސީގެ ޚިދުމަތް ދިނުމަށް މުޅި ރާއްޖެއަށް ހުޅުވާލައިފި

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ:ސްކޫޓެކްސީ

ސައިކަލް ޓެކްސީގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދިނުމުގެ ގޮތުން އެޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިނުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން ހުޅުވާލައިފިއެވެ. ސައިކަލް ޓެކްސީގެ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން ހުޅުވާލައިފައި މިވަނީ މިދިޔަ ޖެނުއަރީ 29 ވަނަ ދުވަހު ސްކޫޓެކްސީ ނަމުގައި މާލޭގައި އެޚިދުމަތް ފެށުމަށްފަހުގައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އިން ވިދާޅުވީ 20 ސައިކަލާއި އެކު ކޮންމެ ރަށެއްގައި ވެސް ސައިކަލް ޓެކްސީގެ ޚިދުމަތް ދޭން ފެށޭނެ ކަމަށެވެ. ރާއްޖެ ތެރޭގައި ސައިކަލް ޓެކްސީގެ ހިދުމަތް ގާއިމް ކުރުމަށް އެ ހިދުމަތް ދޭ ކުންފުންޏެއްގައި މަދުވެގެން 20 ސައިކަލު ހުންނަން ޖެހޭނެ ކަމަށާއި އެއީ ކޮންމެހެން އެ ސެންޓަރުގެ ސައިކަލުތަކަށް ވާކަށް ނުޖެހޭ ކަމަށެވެ.

“މީގަ އެންމެ ފަސޭހަ ތަންކޮޅަކީ އެއްވެސް ސެންޓަރަކުން ހިދުމަތް ދިނުމަށް އަމިއްލަ ސައިކަލު ހޯދަން ނޫނީ ގަންނާކަށް ނުޖެހޭނެ، އަމިއްލަ ފަރާތްތަކުގެ ސައިކަލުވެސް ބޭނުން ކުރެވޭނެ، އެހެންގޮތަކަށް ބުނާނަނަމަ، ސައިކަލް ގެންގުޅޭ 20 ފަރާތެއް ބައިވެރިކޮށްގެން ހިދުމަތް ދެވެން ފެށޭނެ،” ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުރަޝީދު ނާފިޒް ވިދާޅުވިއެވެ.

މާލޭގައި ސައިކަލް ޓްކްސީގެ ހިދުމަތް މި މަހުގެ 29 ވަނަ ދުވަހު ފަށަފައިވާއިރު، އެހިދުމަތް ފެށީ ސްކޫޓެކްސީ ކުންފުނިންނެވެ. މި ހިދުމަތް އެ ކުންފުނިން ފަށާފައިވަނީ، 15 ފިރިހެން ޑްރައިވަރުންނާއި، ފަސް އަންހެން ޑްރައިވަރުން ހިމެނޭ ގޮތަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !