A wide advertisement which will be shown on all devices. (700 x 100)

“ޅެންވެރިޔާ 2016” އެއްވަނަ ފަތުހުﷲ އަށް

"ޅެންވެރިޔާ-2016" ގެ އެއްވަނަ، ފުވައްމުލަކު ލީކްވިލާ ފަތުހުﷲ ސާލިހު، ފޮޓޯ؛ ލިއުންތެރިންގެ ގުޅުމުގެ ވެބްސައިޓް

ލިޔުންތެރީންގެ ގުޅުމުން މިދިޔަ އަހަރު ހުޅުވައިލި ޅެން ހެދުމުގެ މުބާރާތެއް ކަމަށްވާ “ޅެންވެރިޔާ-2016” ގެ އެއްވަނަ، ފުވައްމުލަކު ލީކްވިލާ ފަތުހުﷲ ސާލިހު، ދިފާއުކޮށްފިއެވެ. އެއްވަނައިގެ އިތުރުން 8 ވަނައަށް ވެސް ހޮވުނީ ފަތުހުﷲ ގެ ޅެމެކެވެ. ފަތުހުﷲ އަށް މިއިނާމު ހަވާލުކޮށްފައިވަނީ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ އިސްކަންދަރު ސްކޫލުގައި ބޭއްވުނު ހަފްލާގައެވެ. ފަތުހުﷲ ވަނީ މިދިޔަ އަހަރު ބޭއްވުނު ޅެންހެދުމުގެ މުބާރާތުންވެސް އެއްވަނަ ހޯދާފައެވެ.

މިމުބާރާތުގެ 2 ވަނައިގެ އިނާމާއި ސަނަދު ހޯއްދެވީ، ހދ.ކުޅުދުއްފުށީ / ދުރުމި، އަލްފާޟިލް އާދަމް އިބްރާހީމެވެ. 3 ވަނަ އިނާމާއި ސަނަދު މިއަހަރުވެސް ހާސިލު ކުރެއްވީ، ނ.މަނަދޫ / ސިލްވަރބީޗް، އަލްފާޟިލް އަބޫބަކުރު އާދަމެވެ. މުބާރާތުގެ 6،5،4 އަދި 9 ވަނަ ވެސް ހޯއްދަވާފައިވަނީ، އަލްފާޟިލް އާދަމް އިބްރާހީމެވެ. 7ވަނަ ހޯއްދެވީ އަލްފާޟިލް އަބޫބަކުރު އާދަމެވެ. 10 ވަނަ ހދ.ނޮޅިވަރަމު / އޯކިޑު، އަލްފާޟިލް އިލްޔާސް ޝުޖާއެވެ. 

ޅެންވެރިންގެ ދުވަސް ފާހަގަކުރަމުންދަނީ ދިވެހިޅެންވެރިކަމުގެ ދުނިޔޭގައި ފާހަގަ ކޮށްލެވޭ ޝާޢިރުލް ޢުމޫމީ، ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީން (ނުވަތަ ޢަބްދުﷲ ފަހްމީ ދީދީ)ގެ ހަނދާނުގައެވެ. ނަމަވެސް ދިވެހި ބަހުން އެންމެ ފުރަތަމަ ޅެމެއް ހެއްދެވީ އަބްދުﷲ ޖަލާލުއްދީނުގެ ބައްޕަ އަލްމަރުހޫމް ހުތްއަލިދީދީ އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !