A wide advertisement which will be shown on all devices. (700 x 100)

އިނގިރޭސިވިލާތުގެ ސެޓްފިކެޓް ލިބޭ އިނގިރޭސި ކޯސްތަކެއް މައިކޮލެޖުން ފަށަނީ

މައި ކޮލެޖުގެ ދަރިވަރުން ފުވައްމުލަކު ތުނޑީގައި ޞެއްވި ހަރަކާތެއްގެ ތެރެއިން. ފޮޓޯ: އަބްދުﷲ ރަޝީދު - އެފްބީ

މިއާންޒް އިންޓަރނޭޝަނޭލް (މައި) ކޮލެޖުން ފުވައްމުލަކުގައި ޚާއްސަ އިނގިރޭސި ކުލާސްތަކެއް ހިންގުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެކޮލެޖުގެ ޑިރެކްޓަރ އޮފް އިންޓަރނޭޝަނަލް އެފެއަރޒް އަދި ހުޅުމާލެ ކެމްޕަހުގެ އިސްވެރިޔާ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. އެކޮލެޖުން ހިންގުމަށް ތައްޔާރުވަމުން އަންނަނީ އިނގިރޭސިވިލާތުގެ ސިޓީ އެންޑް ގިލްޑްގެ ސަޓިފިކޭޓް ލިބޭ “ޔަންގް ލާރނަސް އިންގްލިޝް” އަދި “އެޑަލްޓް އިންގްލިޝް” ގެ ކޯސްތަކެއްކެވެ. ދާދި ފަހުން އެކޮލެޖުން ފުވައްމުލަކުގައި ހިންގި ޕްރޮމޯޝަން ހަރަކާތްތަކުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު އާއްމުންގެ ބޮޑު ތަރުޙީބެއް މި ކޯސްތަކަށް ލިބޭނެ ކަމަށް ބެލެވިފައިވާ ކަމަށް ޑރ. އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ފުރަތަމަ ފަށައިގަންނަނީ ލެވެލް 1 އާއި 3 ގެ އިނގިރޭސި ކޯސްތަކުންނެވެ. އަންނަ މާރޗް ނުވަތަ އޭޕްރީލް ހިސާބުގަިއ މިކޯސްތައް ފެށުމައސް އެކޮލެޖުން އަންނަނީ ތައްޔާރުވަމުން ކަމަށް ވެއެވެ.

މީގެ އިތުރުން އެކޮލެޖުން އަންނަނީ ފުވައްމުލަކުގައި ބިޒިނަސް އެޑްމިނިސްޓްރޭޝަން އާއި އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގެ އައު ކޯސްތަކެއް ފެށުމަށް ވެސް ތައްޔާރުވަމުންނެވެ. މައިކޮލެޖުން ވަނީ ސްރީލަންކާގެ އޯޕަން ޔުނިވަރސިޓީ އާއި މެލޭޝިއާގެ އޭޝިއާ އީ ޔުނިވަރސިޓީއާއެކު އެފިލިއޭޓް ވެފައެވެ. 

މައިކޮލެޖުގެ 3 ކަމްޕަސް މާލެ ސަރަހައްދުގައި ހުންނައިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކޮލެޖުގެ ގިނަ ކެމްޕަސްތަކެއް ހުރެއެވެ. ފުވައްމުލަކުގައި މައިކޮލެޖު ހިގަމުން އަންނަނީ މާދަޑު ކައުނސިލް ކައިރީ، ‘ވެށި’ ގައެވެ. އެ ކޮލެޖުން މަތީ ތައުލީމުގެ ކޯސްތައް ފުވައްމުލަކުގައި ހިންގަން ފަށާފައި ވަނީ 2013 ވަނަ އަހަރުއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !