A wide advertisement which will be shown on all devices. (700 x 100)

ވީދަޑު ސަރަހައްދު ބޮޑުބައެއް އަނދައިފި

ވީދަޑު މިއަދު އަނދަމުން ދިޔަ މަންޒަރު. ފޮޓޯ" މުހައްމަދު ރަޝީދު އެފްބީ.

ފުވައްމުލަކު އުތުރުން ވީދަޑު ސަރަހައްދަ ވަރަށް ބޮޑަށް އަނދައިފިއެވެ. މިއަދު ހެނދުނު ހޯދަޑު ސަރހައްދުން ހިފި އަލިފާންގަނޑު ވަނީ ރަށް ހުރަހަށް ދިގުވާނޑު ސަރހައްދަށް ފެތުރި ބޮޑުބައެއް އަނދައިފައެވެ. ވީދަޑަކީ ފުވައްމުލަކު ކުޅިތަކާއި ގުޅިފައިވާ ޗަސްބިން ސަރހައްދަށް ފުވައްމުލަކު މީހުން ކިޔާ ނަމެވެ.

ކޮންމެ އަހަރަކު ހެން އިރުވައި މޫސުން ނިމޭ ހިސާބުގައި ވީދާޑު ސަރަހައްދުގައި ރޯކޮށްލައެއެވެ. މިފަހަރުވެސް ބޮޑަށް ބެލެވެނީ ބަޔަކު ގަސްދުގައި ރޯކޮށްލި ރޯ ކުރުމެއް ކަމަށެވެ. އިރުވައި މޫސުން ނިމޭ އިރު ވީދަޑުގެ ބޮޑު ބައެއްގައިވާ ‘ލޮންސި’ އާއި ‘ހައު’ ގަސްތަކުގެ ބުޑުން ބޮޑު ބައެއް ހިކިފައި ހުރެއެވެ. އަދި މާކެޔޮގަސްތަކާއި އެނޫން ވެސް ގަސްތަކުގައި އަލިފާން ހިފާ ޒާތުގެ ބާވަތތައް ގިނައަދަދަކަށް ހުރެއެވެ.

ގިނަފަހަރަށް މިފަދަ އަލިފާންގަޑު ރޯކުރަނީ މަޖަލަކަށް ހަދައިގެން ޒުވާން ފުރައިގެ ކުދިންނެވެ. ނަމަވެސް މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިގޮތަށް ރޯކުރާ އަލިފާން ފެތުރި ކޮންޓްރޯލް ނުކުރެވި ގޮސް މީހުން ދިރިއުޅޭ ގެތަކަށް ވެސް ކުރިން ގެއްލުން ލިބިފައި އެބަހުއްޓެވެ. 

މިގޮތަށް ރޯކުރާ އަލިފާންގަޑު އެކިއަފަހުރ ނުރައްކާ ވަނީ އެކި އަވަށެވެ. މިފަހަރުގެ އަލިފާންގަނޑުގެ ގެ ނުރައްކާ ބޮޑުވީ ދިގުވާނޑު ސަރަހައްދަށެވެ. އެހެނީ މިދުވަސްވަރު ވައިޖެހެނީ އިރު އުތުރުން ކަމަށް ވުމުންނެވެ. މިއަދުގެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ދިގުވާޑުގެ ގިނަބަޔަކާއި ރަށުގެ ފަޔަމަނުންގެ އެހީއާއެކު އެވެ.

މި އަލިފާންގަނޑުން ގިނަ އަދަދެއްގެ ދަނޑުގޮވާމަށް ގެންލުން ވެފައިވާ ކަމަށް “މިހާރު” ނޫހަށް މައުލޫމާތު ދެއްވަމުން އަތޮޅު ކައުންސިލްގެ ނާއިބު ރައީސް ޝާފީ ވިދާޅުވެފައި ވެއެވެ.މިފަދަ އަލިފާންގަނޑުތައް ރަށުގެ ދެކުނުން ބަންޑާރި ކިޅި އާއި ގުޅިފައިވާ ޗަސްބިމުގައި ވެސް ދޭތެރެދޭތެރެއިން ރޯކުރެއެވެ. 

މީއީ ހޭލުންތެރިވެ، މިކަމުގައި ނުރައްކަލާއި މެދު ވިސްނައި ހުއްޓާލަން ޖެހިފައިވާ ނޭދެވެ އަމަލެކަމަށް ބުނެ ފުވައްމުލަކުގެ ގިނ ަބަޔަކު އަންނަނީ ސޯޝަލް މީޑީއާގައި ވެސް މިކަމާއި ދެކޮޅަށް ޝުޢޫރު ފާޅުކުރަމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !