A wide advertisement which will be shown on all devices. (700 x 100)

އެންޓި-ކޮރަޕްޝަން ދުވަސް 2016: މުދައްރިސުންނާއި ބެލެނިވެރިން ހޭލުންތެރިކުރުވުން މިއަދު

އެންޓި-ކޮރަޕްޝަން ހަފުތާގެ ހަރަކާތްތަކުގައި ހިމެނޭ ޓީޗަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް. ފޮޓޯ- ޏ.އަތޮޅު ކައުންސިލް

މިހާރު ފުވައްމުލަކުގައި ފާހަނގަ ކުރަމުންދާ ޤައުމީ އެންޓި-ކޮރަޕްޝަން ހަފުތާގެ ހަރަކާތްތަކުގައި ހިމެނޭ ޓީޗަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް މިއަދު ފަށައިފިއެވެ. މި ހަރަކާތަކީ ޓީޗަރުންނާއި ބެލެނިވެރިންގެ ނަޒާހަތްތެރިކަން އިތުރުކުރުމާއި އެކަޑެމިކް އިންޓެގްރިޓީ އިތުރުކުރުމުގެ ގޮތުން ވަކިވަކިން ކުރިއަށް ގެންދެވޭ ދެ ހަރަކާތެކެވެ.

ފުވައްމުލަކުގެ ބޮޑު 4 ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިންނަށް އަމާޒު ކުރެވިފައިވާ ހަރަކާތް ކޮންމެ ސްކޫލެއްގެ ޓީޗަރުންނަށާއި ބެލެނިވެރިންނަށް ވަކިވަކިން ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގެ ސެޝަންތަކުގައި ސެޝަންތައް ނަގައިދެއްވާނީ އެންޓި-ކޮރަޕްޝަނުގެ ކޮމިޝަނުގެ މުވައްޒަފުންނެވެ.

މިޕްރޮގްރާމުގައި އާންމު ޚިދުމަތުގައި ނަޒާހަތްތެރިކަމުގެ މުހިންމުކަމާއި، އެކަޑެމިކް އިންޓެގްރިޓީގައި ހިމެނޭ މައިގަނޑު އަސާސްތަކާއި، ދަރިވަރުންގެ ކިބައިގާ ނަޒާހަތްތެރިކަން އާލާކުރުވުމާއި، ސްކޫލްތަކުގައި ނަޒާހަތްތެރިކަން އާލާކުރުވުމާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާކުރެވޭނެ ކަމަށް އޭސީސީން ހާމަކުރެއެވެ.

ރާއްޖޭގެ އެންޓި-ކަރަޕްޝަން ދުވަހުގެ ގޮތުގައި ފާހަނގަ ކުރަނީ އޭޕްރީލް 21 ވަނަ ދުވަހެވެ. އެއީ ފުރަތަމަ ފަހަރަށް އެކޮމިޝަން އުފެދުނު 21 އޭޕްރީލް 1991 ވަނަ ދުވަހަށް ނިސްބަތް ކޮށެވެ.

ގުޅޭ ލިޔުން:

އެންޓި-ކޮރަޕްޝަން ދުވަސް 2016: ކުއިޒް މުބާރާތް ޏ. އޭއީސީ ން ކާމިޔާބުކޮށްފި

ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޤުރުއާން މުބާރާތް ފުވައްމުލަކު ސްކޫލުގައި މިއަދު ހެނދުނު ފަށައިފި

ގައުމީ އެންޓި ކަރަޕްޝަން ދުވަހުގެ ކުއިޒް މުބާރާތް ހޭޒްގައި ފަށައިފި

އެންމެ ފުރަތަމަ ނަޒާހަތްތެރި ވާންޖެހެނީ އޭސީސީ – އެމްޑީޕީ ފުވައްމުލަކު އުތުރު ދާއިރާގެ ރައީސް ސައީދު

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !