A wide advertisement which will be shown on all devices. (700 x 100)

ބެލްޖިއަމް އަށް ފަސޭހަ މޮޅެއް

ބެލްޖިއަމަށް މިރޭ ގޯލު ކާމިޔާބުކޮށްދިން ދެކުޅުންތެރިން ލުކާކޫ (ޖ.9) އަދި ވިސެލް (ޖ.6). މެޗު ނިމުނި 3-0ން އަޔަރލޭންޑް ބަލިވެގެން. ފޮޓޯ. އޭޕީ

މިރޭ ކުޅެވުނު ޔޫރޯ 2016 ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އީ މެޗުގައި ބެލްޖިއަމުން ފަސޭހަމޮޅެއް އަޔަރލޭންޑްގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިފިއެވެ. މިރޭ ދެން ކުޅުނު ގްރޫޕް އެފްގެ ދެމެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. އައިސްލޭންޑާއި ހަންގޭރީ މެޗުގެ މެޗު 1-1 ން އެއްވަރުވެ
ހަންގޭރީއަށް

ވަނީ ގަދަ 16ގެ ފުރުސަތު ފަހިވެފައިވެއެވެ. އަދި ޕޯޗްގަލް އާއި އޮސްޓްރިއާ ބައްދަލުކުރި މެޗު 0-0ން އެއް ވަރުވުމުން ޕޯޗްގަލް އަށް ވަނީ ގުރޫޕުގެ ފަހުމެޗު މުހިންމުވެފައެވެ. މިރޭގެ މެޗުތަކާއެކު ގްރޫޕް ސްޓޭޖުގެ 2 ވަނަ ބުރު ނިމުނީ އެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗްތައް މާދަމާ ފެށޭނެވެ. ކޮންމެ ގްރޫޕެއްގެ ވެސް ފަހު ދެމެޗު ކުޅޭނީ އެއްގަޑިއެެއްގައެވެ.

ބެލްޖިއަމް 3 – 0 އަޔަލޭންޑް

ފްރާންސްގެ ހުޅަނގު ބިތުގައިވާ ބޯޑޯ ގައި ބެލްޖިއަމާއި އަޔަލޭންޑް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 3-0 ން ބެލްޖިއމް ކާމިޔާބުކޮށް ގުރޫޕުގެ ދެވަނައަށް އެރީ 3 ޕޮއިންޓާއެކު އެވެ.

ގޯލެ ނުޖެހި ފުރަތަމަ ހާފު ނިމުނު ކަމުގައި ވިޔަސް މިހާފުގައި ވެސް މެޗުގެ ކޯންޓްރޯލް ހޯދައި މޮޅަށް ކުޅުނީ ބެލްޖިއަމުންނެވެ. މެޗުގެ ފުރަތަމަ ގޯލު ދެވަނަ ހާފުގައި ރޮމޭލޫ ލުކާކޫ ޖެހީ (ޖ.9) އެޓީމުން ދިން ރައްދު ހަމަލާއެއްގައި ކެވިން ޑި ބްރޭނާ (ޖ.7) ދިން ބޯޅައަކުންނެވެ. އެއިގެ އިރުކޮޅެއް ފަހުން ބެލްޖިއަމްގެ ދެވަނަ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އެކްސެލް ވިސެލް (ޖ.6) ބޮލުން ގޯލަށް ވައްދާލައިގެންނެވެ. މެޗުގެ 3 ވަނަ ގޯލު ލުކާކޫ ކާމިޔާބުކުރީ ކެޕްޓަން އެޑިން ހެޒާޑް (ޖ.10) އަރިމަތިން ހިފައިގެން ކުރިޔަށް އަރާ ހުރަސްކޮށް ދިން ބޯޅައެއް ވަރަށް ހަމަޖެހިލާފައި ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމްގެ ޕެނެލްޓީ އޭރިއާތެރެއިން އަޔަލޭންޑްގެ ކުޅުންތެރިއަކު ބޮލުން ކުޅެން އުޅުނު ބޯޅައަކަށް ބެލްޖިއަމްގެ ޑިފެންޑަރަކު އިސްކޮޅާއި ހަމަޔަށްފައި ނަގައި ކުޅުމުން އެއީ ފައުލެއް ކަމަށާއި އަޔަރލޭންޑަށް ޕެނަލްޓީއެއް ލިބެންޖެހޭ ކަމަށް މެޗުގެ ކޮމެންޓޭޓަރުން ބުނަމުން ދިޔައެވެ. ނަމަވެސް ރެފްރީ އެއީ ފައުލެއްކަމަށް ނުދައްކައެވެ.

މިނަތީޖާއާއެކު މިގްރޫޕުގެ 1 ވަނަ 6 ޕޮއިންޓާއެކު އިޓަލީއަށް ލިބޭ އިރު ދެވަނަ ލިބެނީ 3 ޕޮއިންޓާއެކު ބެލްޖިއަމަށެވެ. މިގުރޫޕުގައި ދެން ހިމެނޭ ސްވިޑްން އަދި އަޔަލޭންޑަށް 1 ޕޮއިންޓް ލިބިފައިވެއެވެ. ފަހުމެޗުން މޮޅުވެގެން މިދެޓީމަށް ވެސް ގަދަ 16 އަށް ދިއުމުގެ ފުރުސަތު އަދި އެބައޮތެވެ.

ހެންގޭރީ 1 – 1 އައިސްލޭންޑް

ފްރާންސްގެ ދެކުނުން މާސޭގައި ކުޅެވުނު ގްރޫޕް އީ ގެ މެޗު
1-1 ން އައިސްލޭންޑާއި ހަންގޭރީގެ ބައްދަލުކޮށް މެޗު ނިމުނީ އެއްވަރުވެގެންނެވެ. ހަންގޭރީން މެޗުގައި މޮޅަށް ކުޅެ %71 އެމީހުންގެ ކޮންޓްރޯލުގެ ދަށުގައި ބާއްވައި 12 ހަމަލާއެއް އިދިކޮޅު ގޯލަށް ފޮނުވާލާފައި ވެއެވެ.

ހަންގޭރީން މެޗުގެ ބޮޑުބައިގައި ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅުނު ކަމުގައި ވިޔަސް މެޗެގެ ފުރަތަމަ ގޯލު އައިސްލޭންޑުން ކާމިޔާބުކުރީ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިޕެނަލްޓީ އާއި ދެކޮޅަށް ހަންގޭރީން މައްސަލަ ޖެއްސި ނަމަވެސް ރެފުރީ ނިންމީ ރަނގަޅު ޕެނަލްޓީއެއް ކަމަށެވެ. މުބާރާތުގައި ކުޅޭ އެންމެ ކުޑަ ގައުމު، އައިސްލޭންޑުން މެޗުގައި ދިފާއީ ކުޅުމެއް ކުޅެ، ފުރަތަމަ ފަހަރަށް މޮޅެއް ހޯދަން ކުރި ހިތްވަރު ނިމުމަކަށް އައީ މެޗުގެ 87 ވަނަ މިނިޓުގައި ހަންގޭރީގެ ހުރަހެއް ގޯލު ރޮނގު ކައިރިން ދިފާއުކުރަން އުޅުމުގެ ތެރޭގައި އައިސްލޭންޑުގެ ކުޅުންތެރިއަކުން އަތުން ބައިކޮޅަށް ގޯލެއް ވަދެގެންނެވެ.

މިނަތީޖާއާއެކު ހަންގޭރީ އަށް 4 ޕޮއިންޓް ލިބިގަދަ 16ގެ ޖާގައެއް ލިބުމުގެ ފުރުސަތު ބޮޑުވީއެވެ. ނަމަވެސް ގްރޫޕުގެ ފަހުމެޗުގައި ހަންގޭރީން ކުޅެންޖެހޭނީ ޕޯޗުގަލް އާއި ދެކޮޅަށެވެ. މިހާރު 2 ޕޮއިންޓާއެކު މެޗަކުން ބަލިނުވެ އޮތް އައިސްލޭންޑު ކުޅެންޖެހޭނީ އޮސްޓްރިއާ އާއި ދެކޮޅަށެވެ.

ޕޯޗުގަލް 0 – 0 އޮސްޓރިއާ

ޕެރިހުގެ ޕާކް ޑީސް ޕްރިންސެސް ސްޓޭޑިއަމުގައި ޕޯޗުގަލް އާއި އޮސްޓރިއާ ބައްދަލުކުރި މެޗު ނިމުނީ 0 -0 ން އެއްވަރު ވެގެންނެވެ. މެޗުގައި ޕޯޗުގަލް އިން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އޮސްޓްރިއާގެ ގޯލަށް ދިން ކަމުގައި ވިޔަސް ނަތީޖާ އެމީހުން ކޮޅަށް އަނބުރާ ނުލެވުނެވެ. އަދި މުބާރާތުގައި ކުރިޔަށް ދިއުމަށް ގުރޫޕުގެ ފަހުމެޗުގައި ހަންގޭރީގެ މައްޗަށް މޮޅެއް ހޯދަން މަޖުބޫރެވެއެވެ.

ޕޯޗުގަލް އިން އިދިކޮޅު ގޯލަށް 23 ހަމަލާ ދިން އިރު އޮސްޓްރިއާއަށް ދެވިފައި ވަނީ އެންމެ 4 ހަމަލާއެވެ. މެޗުގެ ނަތީޖާ ބަދަލުކޮށް ޔޫރަޕުގެ ބޮޑު 4 މުބާރާތުގައި ގޯލު ޖެހުމުގެ ޝަރަފު ހޯދުމަށް ކ.ރޮނަލްޑޯ (ޖ.7) ޖެހި ޕެނަލްޓީ ގޯލު ދަނޑީގައި ޖެހިފައި ނިކުތީއެވެ. އެންމެގެ ލޯ އަމާޒުވަފައިވި ރިއަލްމެޑްރިޑްގެ ފޯވާޑް ކުރިސްޓިއާނާ ރޮނަލްޑޯއަށް ގޯލު ޖަހާނެ އިތުރު ފުރުސަތުތަކެއް ވެސް ލިބި ބޭކާރުވެގެން ދިޔައެވެ.

ޕޮއިންޓް ޓޭބަލް، ގްރޫޕް އީ

އިޓާލީ      ކމ.2 ފގ.3+  ޕ 6

ބެލްޖިއަމް    ކމ.2 ފގ.1+  ޕ 3

ސްވިޑެން    ކމ.2 ފގ.1-   ޕ 1

އަޔަލޭްނޑް    ކމ.2 ފގ.3-   ޕ 1

މިގްރޫޕުގަިއ ދެން ކުޅޭނީ އިޓާލީއާއި އަޔަލޭންޑް އަދި ސްވިޑެން އާއި ބެލްޖިއަމް އެވެ.

ޕޮއިންޓް ޓޭބަލް، ގްރޫޕް އެފް

ހަންގޭރީ    ކމ.2 ފގ.2+ ޕ 4

އައިސްލޭންޑް ކމ.2 ފގ.0  ޕ 2

ޕޯޗްގަލް    ކމ.2 ފގ.0  ޕ 2

އޮސްޓްރިއާ  ކމ.2  ފގ.2- ޕ 1

މިގްރޫޕުގަިއ ދެން ކުޅޭނީ އައިސްލޭންޑާއި އޮސްޓްރިއާ އަދި ހަންގޭރީ އާއި ޕޯޗުގަލް އެވެ.

މާދަމާ ކުޅޭނީ:

މާދަމާއިން ފެށިގެން ކޮންމެ ރެއަކު ދެން ކުޅޭނީ ދެމެޗެވެ. ފްރާންސް vs ސްވިޒަރލޭންޑް އަދި ރޫމޭނިއާ vs އަލްބޭނިއާ އެވެ. ގްރޫޕް އޭގެ މިދެމެޗު ވެސް ކުޅެވޭނީ އެއްގަޑިއެއްގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !