A wide advertisement which will be shown on all devices. (700 x 100)

ކެލާގެ މުހައްމަދު ބެއަގެ ހަނދާނީ ގުރުއާން މުބާރާތް ފަށައިފި

ކެލާގެ މުހަންމަދުބެގެ ހަނދާނީ ގުރުއާން މުބާރާތުގައި މިއަދު ކުއްޖަކު ކިޔަވަނީ

ފައިސަލް ފައުންޑޭޝަނާއި ފުވައްމުލަކު ޒިކުރާ ސްކޫލް އަދި އައިޑިއަލް ސްކޫލް ގުޅިގެން “ކެލާގެ މުހައްމަދުބެއަގެ ހަނދާނީ ގުރުއާން މުބާރާތް” ނަމުގައި ގުރުއާން މުބާރާތެއް ފަށައިފިއެވެ.

އިއްޔެ ފެށި މި ޤުރުއާން މުބާރާތުގައި އަށް އުމުރު ފުރާ އަކުން ޖުމްލަ 156 ދަރިވަރުން ބައިވެރިވެއެވެ. މި މުބާރާތުގައި ބައިވެރިން ބައިވެރިވެފައިވާ އުމުރު ފުރާ ތަކަކީ 6 އަހަރުން ދަށް، 7 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް، 19 އަހަރުން ދަށް އަދި 21 އަހަރުން މައްޗެވެ.  

މި މުބާރާތުން އެއްވަނައަށް އަންނަ ފަރާތަކަށް އުމްރާ ދަތުރެއް ލިބޭއިރު ދެވަނައަށް އަންނަ ފަރާތަކަށް އެއް އަހަރު ދުވަހުގެ ސްކޮލާޝިޕެއް ލިބެއެވެ.

ކެލާގެ މުހައްމަދުބެއަ އަކީ ފުވައްމުލަކު މިސްކިތްމަގު އަވަށު ކެލާގޭ އަލްމަރުޙޫމު މުހައްމަދު މޫސާއެވެ. މުޙައްމަދުބެ ވަނީ އުމުރުން 22 އަހަރުން ފެށިގެން 58 އަަހަރުގެ މުއްދަތަކަށް ކުޑަކުދިންނަށް ހިލޭސާބަހަށް ޤުރުއާން ކިޔަވާދެއްވާފައި ވެއެވެ. މުޙައްމަދުބެއަގެ ފިރިހެން ދަރިފުޅަކުވަނީ ގުރުއާން ހިތުދަސްކޮށްފައެވެ. ޢުމުރުން 82 އަހަރުގައި ނިޔާވި މުޙައްމަދުބޭގެ ކްލާސްތަކުގައި އަބަދުވެސް 50-60 އާއި ދެމެދުގެ އަދަދަކަށް ކުދިން ކިޔަވަމުން ގޮސްފައި ވެއެވެ.

ތައުލީމަށް ޚިދުމަތްކުރުމުގެ ރޮނގުން ދިވެހި ދައުލަތުން ދޭ ހިތްވަރުދިނުމުގެ އިނާމު
މުޙައްމަދުބެ އަށް 1992 ވަނަ އަހަރު ވަނީ ލިބިފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !