A wide advertisement which will be shown on all devices. (700 x 100)

އަބުރު ރައްކާތެރިކުރުމުގެ ބިލް ފާސްކޮށްފި

ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި އަބުރު ރައްކާތެރިކުރުމުގެ ބިލް މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅަމުން ފާސްކޮށްފިއެވެ. މިބިލް ފާސްވެގެން މިދިޔައީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރާއި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރުންގެ ވޯޓާއިއެކުގައެވެ. މިބިލް ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދީފައިވަނީ ވޯޓްގައި ބައިވެރިވި 78 މެމްބަރުންގެ ތެރެއިން 47 މެމްބަރުންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 31 މެމްބަރެކެވެ. މީގެ އިތުރުން ފުވައްމުލަކަށް ނިސްބަތްވާ ކާށިދޫ ދާއިރާ ތަމްސީލުކުރައްވާ މެމްބަރު ވަނީ މިބިލާއި ދެކޮޅަށް ވޯޓު ދެއްވާފައެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މި ބިލު ފާސްކުރަން ނުފެންނަ ކަމަށް ޕީޕީއެމްގެ ކޯލިޝަނުން ވޯޓު ދެއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ނަޝީދުގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަދި ނޮޅިވަރަމް ދާއިރާގެ އެމްޑީއޭ މެމްބަރު ހުސެއިން އަރީފެވެ. މިއީ ސަަރުކާރު ކޯލިޝަންގެ މިހާ ގިނަ މެމްބަރުންތަކެއް ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅާ ދެކޮޅަށް ވޯޓު ލެއްވި ފުރަތަމަ ފަހަރެވެ. މީގެ ތެރެއިން ނަޝީދާއި ފާރިސް އާއި އަރީފަކީ ބިލު މަޖިލީހަށް ބަލައިނުގަންނަން ވެސް ވޯޓު ދެއްވި މެމްބަރުންނެވެ. މުސްތަފާ އެ ދުވަހުގެ ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

މީގެ އިތުރުން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)، ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދުގެ ޖަލްސާ އަށް ވަޑައެއް ނުގަންނަވަ އެވެ. 

މިބިލުން ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ގެނެސްދީފައި ނުވާ ކަމަށާއި ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން، 1980ގެ އަހަރުތަކަށް ވުރެ ފަހަތަށް މިހާރު މިވަނީ ވެއްޓިފައިކަމަށް މިހާރު ނޫހުން ތުހުމަތު ކުރެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !