A wide advertisement which will be shown on all devices. (700 x 100)

ހައްޔަރުކޮށް ޕާސްޕޯޓް ހިފަހައްޓަންވީ ރައީސް ޔާމީންގެ – ޑރ ޖަމީލް

ކުރީގެ ނާއިބް ރައީސް ޖަމީލް

ހައްޔަރުކޮށް ޕާސްޕޯޓް ހިފަހައްޓަންވީ ރައީސް ޔާމީންގެ ކަމަށް ކުރީގެ ނައިބް ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރ ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ބުނެފައިވަނީ، ޖަމީލް ހިމެނިވަޑައިގަންނަވާ ގޮތަށް 5 ބޭފުޅެއްގެ ޕާސްޕޯޓު އިމިގްރޭޝަނުން ކެންސަލް ކުރުމާއި ގުޅިގެން ކުރެއްވި ޓުވިޓެއް ގައެވެ.

“ހައްޔަރުކޮށް ޕާސްޕޯޓު ހިފަހައްޓަންވީ އަސްލު މުޖުރިމު ރައީސް ޔާމީންގެ، މައުސޫމް މީހުންގެ އެއް ނޫން” ޖަމީލްގެ ޓުވީޓު ގައި ވެއެވެ. މީގެ އިތުރުން މި ޓުވީޓު ގައި ޖަމީލު ބުނެފައިވަނީ “އަޅުގަނޑު މިހާރު ގެންގުޅެނީ އެހެން ޕާސްޕޯޓެއް” ކަމަށެވެ.

ފުވައްމުލަކަށް ނިސްބަތް ވެ ވަޑައިގަންނަވާ ޑރ. ޖަމީލްގެ އިތުރުން މިއަދު ޕާސްޕޯޓު ކެންސަލް ކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އަހުމަދު ނަސީމް (ކެރަފާ ނަސީމް) އާއި އަކުރަމް ކަމާލުއްދީން ގެ އިތުރުން  3 ނޮވެމްބަރު 1988 ގެ އުދުވާނީ ހަމަލާ އާއި ގުޅިގެން އުމުރަށް ޖަލަށްލާފައި ވަނިކޮށް ބޭސްފަރުވާ އަށް ކަމަށް ބުނެ ރާއްޖެ އިން ބޭރަށް ގޮސްފައި، އެބުރި ރައްޖެ އައިސްފައިނުވާ، ހަޖަރާގެ  އަބްދުﷲ ލުތުފީ އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !