A wide advertisement which will be shown on all devices. (700 x 100)

ބޭންކުން ފޭރުނީ އަންހެނުންނާއި މައްސަލަޖެހޭތީ ގޭގައި ނުހުރެ ޖަލުގައި ހުރުމަށް

ބޭންކުން ފައިސާ ފޭރުނީ އަނބިމީހާއި އެކު ގޭގައި ދިރިއުޅުމަށް ވުރެ ޖަލުގައި ހުރުން މާރަނގަޅު ކަމަށް ގަބޫލު ކުރެވިގެން ކަމަށް އެމެރިކާގެ ކެންސާސްގެ އުމުރުން 70 އަހަރުގެ ފިރިހެންކަ ބުނެފިއެވެ. އޭނާ މިހެން ބުނީ ފާއިތުވި ހުކުރު ދުވަހު، އޭނާ ހައްޔަރު ކުރުމުން ފުލުހުންނަށް ދިން ބަޔާނެއްގައެވެ. ކެންސާސްގެ ސިޓީ ބޭންކުން ފައިސާ ފޭރިގަނެގެން ގޮސް ބޭންކު ވެރެންޑާގައި ފުލުހުން އަންނަން ދެން އޭނާ މަޑުކޮށްގެން ހުރީކަމަށް ވެއެވެ.

އޭނާ ފައިސާ ފޭރިގަތީ ކައުންޓަރުގައި ޚިދުމަތްދޭން އިން މީހާ އަށް ދިން ނޯޓެއްގައި، ފައިސާ ދިނުމަށް އިންޒާރުދީ އޭނާގެ އަތުގައި ބަޑިއެއް އެބައޮތްކަމަށް ބުނެ ބިރުދައްކައިގެން ނެވެ.

ޖޯން ރިޕްލް ކިޔާ އެމީހާ ހައްޔަރުކުރީ ބޭންކުގެ ވެރެންޑާގައި ފާއިސާއާއެކު މަޑުކޮށްގެން ސެކިއުރިޓީ މީހެއްކަމަށް ހެދިގެން ހުއްޓައެވެ. ފަހުން ފުލުހުންގެ ތަހުގީގުގައި އޭނާ ބުނީ، ގޭގައި އަނބިމީހާއައި ޒުވާބުކުރުމަށް ފަހު އަނބިމީހާ ކުރިމަތީގައި، ބޭންކަށް ދާން ނޯޓު ލިޔެ އެގޮތަށް އަމަލުކުރީ ގޭގައި ހުރުމަށްވުރެ ޖަލުގައި އޮތުން މާ ހިތްފަސޭހަވާނެތީ ކަމަށެވެ.

މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން ރިޕުލް ވަނީ ފޭރުމުގެ ކުށުގައި އާއި ފޭރެން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. ފަހުން ބުދަދުވަހު އޭނާ ވަނީ ދޫކޮށްލާފައެވެ. އެކަމަކު އޭނާ އަނބުރާ ގެއަށް ދިޔަކަން އެނގޭކަށް ނެތެވެ.

ގޭތެރޭގައި ޒުވާބުކުރަމާއި ދެކޮޅުވެރިަކން ދެއްްކުމަކީ އަޅުގަޑުމެންގެ މުޖުތަމިއުންވެސް ފެންނަ ނޭދެވޭ ސިފައެކެވެ. އަދި އެއިގެ ގެއްލުން އާއިލާއާއި ދަރިންނަށް ކުރާކަމަށް ހޯދުންތަކުން ދައްކައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !