A wide advertisement which will be shown on all devices. (700 x 100)

އަޟުޙާ އީދާއި ދިމާކޮށް ސިތާނާ ފިހާރާގައި ސޭލު އަޅުވައިފި

ސިތާނާ ސްޓޯރުގެ ސޭލް އިސްތިހާރެއް

މިއަހަރުގެ އަޟުޙާ ޢީދާއި ދިމާކޮށް ސިތާނާ ސްޓޯރުގައި ސޭލު އަޅުވައިފިއެވެ. ފުވައްމުލަކުގެ ގިނަބައެއްގެ މެދުގައި އަގުހެޔޮކަމަށް މަޝްހޫރު ސިތާނާ ސްޓޯރުގައި އެކިއެކި މުނާސަބަތުތަކާއި ގުޅުވައިގެން ސޭލު އަޅުވަމުން އާދެއެވެ. މިފަހަރު ބޮޑު ޢީދަށް އެކި ބާވަތްކުން 10 އިންސައްތަ އަދި 20 އިން ސައްތައާއި ހަމަޔަށް އަގުހެޔޮކޮށްފައި ވެއެވެ.

މިފަަހަރުގެ ސޭލް އަޅުވާފައި ވަނީ މިސެޕްޓެމްބަރު މަހުގެ 9 ން 12 އަށެވެ. ސޭލްގައި ހިމެނޭ ތަކެތީގެ ތެރޭގައި ވާހަކަ ފޮތާއި އުނގެނުމަށް ބޭނުންވާ ތަފާތު ސާމާނު، ކުޑަކުދިން ކުޅޭ ތަކެތި އަދި ބަދިގޭގެ ސާމާނާއި ކޮސްމެޓިކްސްގެ އިތުރުން ރަޖާ، ބެޑްޝީޓް، ތުވާލި ފަދަ ގިނަ ބާވަތްތަކެއް ހިމެނެއެވެ.

މިފަހަރުގެ ސޭލްގައި 1000 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކުރައްވާ ފަރާތްތަކަށް ޚާއްސަ އިނާމެއް ވެސް ހުށަހަޅާފައި ވެއެވެ.

ސްތާނާ ސްޓޯރުގެ ފްރެންޑްސް ނައިޓްގައި ވިޔަފާރި ކުރެއްވި ފަރާތްތަކުގެ ތެރެއިން 3 ނަސީބުވެރިޔަކު ހޮވައި އިނާމު ދިނުން ވެސް ވަނީ ބާއްވާފައެވެ. ފްރެންޑްސް ނައިޓްގެ 3 ނަސީބު ވެރިންނަކީ އަރޫޝާ، ސުރޭޝް އަދި މުފީދު އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !