A wide advertisement which will be shown on all devices. (700 x 100)

ދޫޑިގަމް ޓީމް ބަލިކޮށް ޒޯން 8 ގެ ޗެމްޕިއަންކަން ފޭދޫ ޓީމުން ހޯދައިފި

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން އަށެއްގެ ފައިނަލްމެޗުގައި ދޫޑިގަމް ޓީމުގެ މައްޗަށް ކާމިޔާބު ހޯދައިގެން ފޭދޫ ޓީމު ޒޯން 8 ގެ ތަށި ދިފާއުކޮށްފިއެވެ. ފޭދޫ ޓީމު ޗެމްޕިއަންކަން ހޯދައިފައިވަނީ، އިއްޔެ ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި 4-3 ލަޑުން ފުވައްމުލަކު ދޫޑިގަމް ޓީމުގެ މައްޗަށް ކުރި ހޯދައިގެނެވެ. 

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 3 ވަނަ މިނިޓްގައި ޖަހައި ލީޑް ނަގައިދިނީ ފޭދޫ ޓީމްގެ 4 ލަނޑުވެސް ޖަހައި ދިން އިބްރާހިމް މަހްދީ ހުސެއިންނެވެ. ދޫޑިގަމް ޓީމަށް ކުޅެމުން އައި ޖަޕާނުގެ ކައެޗީ މެޗުގެ 31 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށް ދިން ނަމަވެސް، އޭގެ 1 މިނިޓް ފަހުން ފޭދޫ ޓީމްގެ އިބްރާހިމް މަހްދީ އޭނާގެ ދެވަނަ ލަޑު ޖަހާ މެޗުގެ ލީޑު ދެވަނަ ފަހަރަށް ނެގިއެވެ. 

މިނަތީޖާ އާއިއެކު ފުރަތަމަ ހާފު ނިނުމު ނަމަވެސް، މެޗުގެ 56 ވަނަ މިނިޓްގައި ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނެވެ. މިލަޑުވެސް ދޫޑިގަމް ޓީމަށް ޖަހައިދިނީ ކައެޗީއެވެ. އޭގެ 4 މިނިޓް ފަހުން ތިންވަނަ ފަހަރަށް މެޗުގެ ލީޑު ފޭދޫ ޓީމަށް ނަގައިދިނީ ކުރީ ދެލަޑުވެސް ޖަހައިދިން މަހްދީއެވެ. އަދި މަހްދީ އޭނާގެ 4 ވަނަ ލަޑު މެޗުގެ 90 ވަނަ މިނިޓްގައި ޖަހައިދީފައި ވަނިކޮށް އިތުރުވަގުތުގެ ތެރޭގައި ދޫޑިގަމް ޓީމުގެ ކައެޗީ އޭނާގެ 3 ވަނަ ލަޑު ޖަހާ ނަތީޖާ 3-4 އަށް ބަދަލު ކުރިއެވެ. 

ފައިނަލް މެޗަށް ފަހު ޗެމްޕިއަން ޓީމަށާއި ރަނައަޕް ޓީމަށް މެޑަލް އާއި ތަށި ހަވާލުކޮށްދެއްވީ މެޗްގެ ޝަރަފްވެރި މެހްމާން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު އައްސަދު އަބްދުލް ޢަނީ އާއި އައިޝަތު ނާޒިމާއެވެ.  

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !