A wide advertisement which will be shown on all devices. (700 x 100)

ފިސްޑާގެ ކުޅުންތެރިންނަށް ޖާރޒީ ހަވާލުކޮށްފި

ފިސްޑާ ޓީމަށް ޖާރޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) ގެ ޓީމަށް ޖާރޒީ ހަވާލުކޮށްފިއެވެ.

އަތޮޅު ކައުންސިލްގެ ވޮލީ ބޯޅަ މުބާރާތުގައި ވާދަކުރާ ފިސްޑާގެ އަންހެން އަދި ފިރިހެން ޓީމަށް ޖާރޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވަނީ ރަންވޭ29 ރެސްޓޯރަންޓްގައެވެ. އަންހެން ޓީމަށް ޖާރޒީ ހަވާލުކޮށްދެއްވީ އިޖްތިމާއީ އަދި ތައުލީމީ ގޮތުން ފުވައްމުލަކަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އާތިޔާ ނަސީރުއެވެ. ފިރިހެން ޓީމަށް ޖާރޒީ ހަވާލުކޮށްދެއްވީ ރޯސްލައިންގެ ސީއީއޯ ނޫރުއްﷲ އަދުނާނު އެވެ.

ޖާރޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ފިސްޑާގެ ރައީސް މުހައްމަދު ލިޔާއު ވިދާޅުވީ މިއީ ފިރިހެން ޓީމް ތަށި ދިފާއުކުރުމަށް ނިކުންނަ ފަހަރެއްކަމަށާއި އަންހެންޓީމުވެސް މުބާރާތް ނިންމާލާނީ ތަށި ހިފައިގެން ކަމަށެވެ. އަދި ދެ ޓީމްގެ ކުޅުންތެރިންވެސް އެގޮތަށް އެއަޒުމުގައި މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވިއެވެ.

މިއަދު މެންދުރު އޮތް މިރަސްމިއްޔާތުގައި ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ފިސްޑާގެ ހިންގާކޮމެޓީމެ މެމްބަރުން ބައިވެރިވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !