A wide advertisement which will be shown on all devices. (700 x 100)

ހިިސާބު ގަޑި 5: ކާރު ޕަކު ކޮށްފައި އެވަނީ ކޮން ނަންބަރެއްގެ ގޮޅިއެއްގައި ހެއްޔެވެ؟

މިހަފުތާގެ ހިސާބު ސުވާލު: ކާރު ޕާކުކޮށްފައި އެވަނީ ކޮން ނަމްބަރެއްގެ ގޮޅިއެއްގައި؟

ހިތު ހިސާބު ނުވަތަ މެންޓަލް މެތުސް އަކީ ދިވެހިންގެ ތެރެއިން ނެތެމުން ދާ ނުވަތަ އެއާއި މެދު ސަމާލުކަން ކުޑަވަމުންދާ ހިސާބުގެ ދާއިރާއެއް ކަން ވަނީ ފާހަނގަ ކުރެވެން ފަށާފައެވެ. ވުމާއެކު މިހަފުތާގެ ސުވާލު މިއަމާޒު ކުރަނީ ހިތު ހިސާބުގެ ސުވާލަކަށެވެ.

މިސުވާލު އެމެރިކާގެ އެންބީސީ ޓީވީގެ ލައިވް ޝޯއެއްގައި 4 މިހަކާއި ކޮށް 20 ސިކުންތު ތެރޭގައި ޖަވާބު ދިނުމަށް ލިބުނު ފުރުސަތުގައި އެއިން އެކަކަށް ވެސް ރަނގަޅު ޖަވާބެއް ނުދެވުނެއެވެ.

މިހެން ދިމާވީ ކޮންމެހެން މިނަމްބަރު އުނދަގޫ ވެގެނެއް ނޫނެވެ. އެމީހުންގެ ވިސްނުން ގެންގުޅުނު ގޮތުންނެވެ. އަސްލު މިނަމްބަރަކީ ޕްރައިމަރީ ލެވެލްގެ ހިސާބު ނަމްބަރެކެވެ.

މިނަމްބަރު ފުރަތަމަ ޝާއިއު ކުރެވިފައި ވަނީ ހިސާބު އިލްމުގައި ދުނިޔޭގެ ނިސްބަތުން ވެސް ކުރީގައި އުޅޭ ހޮންކޮންގ ގެ ގްރޭޑް 1 އަށް ވަނަނަށް ދިން އެޑްމިޝަން ޓެސްޓު ޕޭޕަރެއްގައެވެ. މިކަހަލަ އެތައް ސުވާލެއް “އާޔޫ ސްމާރޓަރ ދެން ފިފްތު ގްރޭޑަރ” ފަދަ ޓީވީ ޝޯ ތަކުން ފެނިގެން ގޮސްފައި ވެއެވެ.

ސުވާލު: މަތީގައި އެވާ ފޮޓޯއިން ފެންނަނީ ކާރު ޕާކެއްގައި ޖަހާފައިވާ ނަމްބަރު ތަކެކެވެ. އަދި އެއްގޮޅީގައި ވަނީ ކާރެއް ޕާކު ކޮށްފައެވެ. އެހެންވުމުގެ ސަބަބުން އެ ކާރު ޕާކޮކޮށްފައި ވަނީ ކޮން ނަމްބަރެއްގެ ގޮޅިއެއްގައި ކަމެއް ނޭނގުނެވެ.

ތިބާގެ ސުވާލަކީ އެކާރު ޕާކުކޮށްފައި އެވަނީ ކޮން ނަންބަރެއްގެ ގޮޅިއެއްގައި ހެއްޔެވެ؟ ތިބާއަށް ފަސޭހައަކަށް އެނަންބަރުތައް އަލު ތަރުތީބުން މިވަނީއެވެ. 98، —- ، 88، 68، 06، 16. މަސައްކަތް ކޮށްލާށެވެ.

ކުރީ ހަފުތާގެ ރަނގަޅު ޖަވާބު:

ކުރީ ހަފުތާގެ ރަނަގަޅު ޖަވާބު ދީފައިވަނީ ގްރޭޑް 7ގެ ދަރިވަރެއް ކަމަށްވާ ރަޝްނާނު އެވެ. އޭނާ މިނަންބަރު ގެ ޖަވާބު ހޯދުމަށް ވިސްނި ގޮތް ކިޔައި ދެމުން ބުނީ އެނާ މަސައްކަތް ކުރީ ކަށިކޭލާއި ހުތް ކުންނާރުގެ ޖުމްލަ އަދަދާއި ރުފިޔާ އަދަދު އެއްވަރު ކުރެވޭނެ ގޮތެއް ހޯދުމަށެވެ. އެގޮތުން ވަކި ތަރުތީބަކުން ޓޭބަލެއްގައި އެދެބައި ހިމަނައިގެން އަދަދުތައް ޖަހަމުން ގޮސް ފާހަނގަ ކުރެވުނީ އެއް އަދަދެއް ލިބޭ ކަމެވެ.

އެއީ:

ހުތް ކުންނާރު: 9 ރ. އަށް @8 = 72 ކުންނާރު

ކޮޕީ ފަތް: 70ރ. އަށް @ 10 = 7

ޖުމްލަ: 79 ރ. އަދި ޖުމްލަ 79 އައިޓަމް.

މިއަށް 21 ރ. އަށް 21 ކޮޕީ ފަތް އެއްކުރުމުން، ޖުމްލަ 100ރ. އަށް ޖުމްލަ 100 އައިޓަމް 3 ބާވަތުން ހަމަވެއެވެ. ވުމާއެކު ޖަވަބު ލިބުނީ ކަމަށެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !