A wide advertisement which will be shown on all devices. (700 x 100)

ދުނިޔޭގެ ބުރުގާ ދުވަސް

ބުރުގާ އަޅައިގެން އެމެރިކާގައި "ވޯލްޑް ހިޖާބު ޑޭ" ފާހަނގަ ކުރަނީ

މިއަހަރު ފެބުރުއަރީ 1 ވަނަ ދުވަހު އެމެރިކާގެ މުސްލިމު ނޫން މީހުން ވެސް ބުރުގާ އަޅައިގެން ދުނިޔޭގެ ބުރުގާ ދުވަސް ނުވަތަ “ވޯލްޑް ހިޖާބު ޑޭ” ފާހަގަ ކޮށްފިއެވެ. އެމީހުން ބުނާ ގޮތުގައި އެދުވަހު އެމީހުން ބުރުގާ އެޅީ މުސްލިމުންނާއި އެއްބައިވަންތަކަން ދެއްކުމުގެ ގޮތުންނެވެ.

މުސްލިމުންގެ މެދުގައި މިދުވަސް ފާހަގަ ކުރުމާއި މެދު ޚިޔާލު ތަފާތުވެފައި ވިޔަސް، ދުނިޔޭގެ 140 ގައުމެއްގައި 2013 ވަނަ އަހަރުން ފެށިގެން މިދުވަސް އަންނަނީ ފާހަނގަ ކުރަމުންނެވެ. މިދުވަހުގެ ޝިއާރަކީ “ބޮޑަށް ހޭލުންތެރިވެ، އިތުރަށް އެނގިގެން، އަމާން ސުލަވެރި ދުނިޔެއެއް” އެވެ. މިދުވަސް ފާހަނގަ ކުރަން ފެށީ އެމެރިކާއަށް ހިޖުރަކުރި ޕާސްކިސްތާނު މުސްލިމު އަންހެނެއް ކަމައްވާ ނަޒްމާ ޚާން އެވެ. 

އޭނާ ހާމަކުރައްވާފައިވާ ގޮތުގައި މިދުވަސް ފާހަނގަ ކުރަން ނިންމީ ހައިސްކޫލުން ފެށިގެން ކޮލެޖު ދުވަސްތަކާއި ހަމަޔަށް ވެސް އޭނާއާއި މެދު ކުރެވުނު ތަފާތުތައް އެހެން މީހުންނާއި މެދު ނުވުމަށް އެދި އެކަމުގެ ހޭލުންތެރިކަން އެހެން ދީންތަކުގެ މީހުންގެ މެދުގައި ވެސް އިތުރުކުރުމެވެ. އެގޮތުން އޭނާ އެދުނީ ބުރުގާ އަޅާ މުސްލިމު އަންހެނުންނާއި އެއްބައިވުމުގެ ގޮތުން އެހެން ދީންތަކުގެ މީހުންވެސް ކޮންމެ އަހަރަކު 1 ދުވަހު (ފެބުރުއަރީ 1ގައި) ބުރުގާ އެޅުމަށެވެ.

މިދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި އުޅޭ މީހުން ދެކޭގޮތުގައި މިއީ މުސްލިމު ނޫންމީހުނަށް ވެސް ބުރުގާ ތަޖުރިބާކޮށްލަން ލިބޭ ފުރުސަތެކެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޒިމްބާބުވޭގެ މުފްތީ އިސްމާއިލް މެނަކް މިދުވަސް ފާހަނގަކުރުމާއި ގުޅެގޮތުން ވިދާޅުވެފައި ވަނީ “ބައެއް ގައުމުތަކުން ބުރުގާ އެޅުން މަނާކޮށްފައި ވާހިނދު އަދި އެހެން ބައެއް ގައުމުތަކުން ބުރުގާ އެޅުން މަނާކުރުމާއި މެދު ވިސްނަމުންދާ ހިނދު، މިފަދަ ދުވަހެއްގެ ސަބަބުން ޑިމޮކްރެޓިކް މުޖުތަމިއުތަކުގައި އަސާސީ ހައްގަކާއި މެދު ކޮންމެހެން ބޭނުންވެފައިވާ ހޭލުންތެރިކަން އިތުރުވެގެންދާނެ. އަދި މިފަދަ ދުވަހެއްގެ ސަބަބުން ބުރުގާއާއި ބެހޭގޮތުން މީހުންނަށް ގިނަ މައުލޫމާތުތަކެއް ލިބި، ބުރުގާއެޅުން ފެށިގެން އައިގޮތާއި އެކަމުގެ ބޭނުންތެރިކަން ގިނަ ބަޔަކަށް އެނގިގެންދާނެ” ކަމަށް ވިދާޅުވެފައި ވެއެވެ.

ނަމަވެސް މިކަމާއި ދެކޮޅު ބައެއް ހަރަކާތެރި މުސްލިމުން މިދުވާހާއި މެދު ދެކޭ ގޮތް ވަރަށް ތަފާތެވެ. އެގޮތުން މުސްލިމު އަންހެނުންގެ ހައްގުތައް ހޯދުމުގައި އިސްކޮށް ހަރަކާތްރިވާ އަސްރާ ނޫމާނީ ވިދާޅުވާ ގޮތުގައި “މުސްލިމު އަންހެނެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން އެދެނީ ދީންތަކުގެ އެކުވެރިކަން ބަދަހިކުރުމުގެ ބޭނުމުގައި އަންހެނުން ބުރުގާ ނޭޅުމަށް. މިއީ ސިޔާސީގޮތުން ދީނީ ވަކި އުސޫލުތަކެއް ކުރިއެރުވުމުގެ މަގުސަދުގައި ކުރެވޭ ކަމެއް” އޭނާ ހާމަކުރައްވާފައި ވެއެވެ.

ނަމަވެސް ރާއްޖޭގައި ބުރުގާގެ ދުވަސް ފާހަގަކޮށްފައިވާ ކަން އެނގޭކަށް ނެތެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !