A wide advertisement which will be shown on all devices. (700 x 100)

މެމްބަރު ޝާހުއަށް ރައީސް ޔާމީނުގެ ތާއިދު ހޯދިދާނެ ބާ؟

އުތުރު ދާއިރާގެ މަޖުލިސް މެންބަރު މިއަދު ތުރުކުރައްވައިގެން ނިކުންނެވި ޓީޝާހުން ރައީސް ޔާމީނުގެ ފުލް ސަޕޯޓު ނުލިބޭނެ ބާ؟

ފުވައްމުލަކު އުތުރު ދާއިރާގެ މަޖުލިސް މެންބަރު ޝާހުއަށް ރައީސް ޔާމީނުގެ ތާއިދު އެންމެ ފުރިހަމައަށް ލިބޭ ބާއޭ ބުނެ ފުވައްމުލަކުގެ ގިނަ ބަޔަކު ކުރިން އައީ ސުވާލު އުފައްދަމުންނެވެ. އެހެނީ ޝާހު އެދޭ ގޮތަށް ގިނަ ކަންތައްތަކެއް ނުވެ، އަނެއް ދެ ދާއިރާގެ މެންބަރުން އެދޭ ގޮތަށް ގިނަ ކަންތައްތަކެއް ވަމުން ދިއުމުން، ޚުދު ޝާހުގެ ސަޕޯޓަރުންގެ މެދުގައި ވެސް އެ ނުތަނަވަސްކަން އުފެދިގެ ދިޔަ ދުވަސްތަކެއް ދިޔައެވެ.

ޝާހުގެ ވަރަށް ގާތް އަދި ޝާހު މަޖުލީހުގެ ގޮނޑިއަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރި ޚުދު ދަޑިމަގުގެ ބައެއް މީހުން ވެސް ވަނީ މިކަން ތަޖުރިބާކޮށް ޝާހުއަށް ކޮށްދެވޭނެ ކަމެއް ނެތްކަމަށް ގަބޫލުކޮށް، ޝާހުއާއި އޮތް ސިޔާސީ ގުޅުން ކަނޑާލާފައި ވެސް ބައެއް މީހުން އެބަ ތިއްބެވެ. ޚާއްސަކޮށް ޝާހު މެދުވެރިކޮށް ހަމަޖައްސަން އެދުނު ވަޒީފާތައް ހަމަނުޖެހި ޝާހުގެ ބާރެއް ނެތްކަން އެނގިގެންނެވެ. 

ޝާހުގެ ބާރެއް ނެތްކަން ދެން ހާމަވީ ފުވައްމުކުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާއިންނެވެ. އުތުރު ދާއިރާގައި ކުރީގައި ސިޔާސީ ނުފޫޒުތަކެއް އޮތް ބައެއްމީހުން ޖަލްސާގެ ކުރިޔަށް ނެރެ އަދި ޖަލްސާއަށް ދަޑިމަގުން މީހުން ގެންދިއުމަށް އެހެން ބަޔަކު ދާން ޖެހުމުން، ސަރުކާރުގައި ޝާހު ހުރި ހިސާބު ބައްއެ މީހުން މިންކުރިއެވެ. 

ކޮންމެއަކަސް ފުވައްމުލަކުގައި ސިޔާސީގޮތުން ނުފޫޒު ހިންގަނީ ސަރުކާރު ފަޅިން މަޖުލިސް ރައީސް މަސީހު ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. އަދި މެދުދާއިރާގެ މެންބަރު އަލިބެއާއި މަސީހުއަކީ އެކައްޗެއް ކަމަށާއި ޝާހުގެ ގުޅުން ތަފާތު ކަމަށް ބުނެވެއެވެ. 

ކުރިޔަށް އޮތް ދައުރަށް މަޖުލީހުގެ އުތުރުދާއިރާގެ ގޮނޑިއަށް މަސީހުމެން ފަޅިން އެހެން މީހަކު ފައްކާ ކުރަމުން އަންނަ ވާހަކައަކީ ވެސް މަޑު އަޑެއް ނޫނެވެ. ޝާހުއަށް މިކަން ބަލަން ހުރެވޭނެ ހެއްޔެވެ؟ 

ޝާހު ކުރިން ފެނިގެން ގޮސްފައި ވަނީ ކުރީގެ ނާއިބު ރައީސް އަދީބުގެ ޚާއްސަ މީހެއްގެ ގޮތުގައެވެ. އަދީބު ޖަލުގައި ބަންދު ވުމާއެކު ޝާހުއަށް ސަރުކާރު ތެރެއިން މާކަބޮޑު ކަމެއް ނުކުރެވޭ ކަމަށް މީހުން ބުނަން ފެށިއެވެ. އަދި އެދުވަސްކޮޅު ޝާހު ހުރީ ޕީޕީއެމްގެ ޔާމުނު ފެކްޝަނުން ބާކީވެފައި ކަމަށް ވެސް ބުނަމުން ދިޔައެވެ. ނަމަވެސް ސިޔާސީ މީހުންގެ ވިސްނުމަކީ އެނގޭނެ އެއްޗެއް ނޫންކަން ގަބޫލުކުރަން ޖެހެއެވެ. މިއަދު ޝާހު އެހުރީ ޔާމީނު ޕްރޮމޯޓް ކުރުމަށް ޓީޝާޓު ލައިގެން ނިކުމެއެވެ.

މިއީ ހިތުން ރުހުމުން ކުރާކަމެއް ބާވައެވެ؟ ނުވަތަ ގޮތް ހުސްވުމުން، ބައެއް އެހެން ސިޔާސީ މީހުން އުނބަށް ޖެހިހެން ކުރާ ކަމެއް ނޫން ބާވައެވެ؟

ދޭތެރެއަކުން ޝާހުއަކީ މައުމޫނު ފެކްޝަނުގެ މެންބަރެއް ކަމަށާއި ޝާހު މަޖުލީހުގައި ބައެއް ވޯޓުތައް އެގޮތަށް ދޭން ހުރިކަމަށް ވެސް ބުނެ ވާހަކަތައް ދެކެވުނެވެ. ނަމަވެސް އެކަން މަޖުލީހުން ފެނިގެނެއް ނުދިޔައެވެ. ވީ ކީއްކަމެއް އެއްވެސް މީހަކަށް ބުނެދެވިފައެއް ނެތެވެ. ޚާއްސަކޮށް މަޖުލީހުގެ ރައީސް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މަސީހުގެ އިތުބާރު ނެތްކަމަށް ނަގަން އުޅުނު ވޯޓާއި ގުޅިގެން އެއަޑުތައް ބާރުވިއެވެ. 

މިއަދު ހުރީ މެޑަމް އޮފީހަކާއި މައުމޫނު އޮފީހެކެވެ. ޝާހު ފެންނަނީ މެޑަމް އޮފީން ކަމަށް ވެއެވެ. ނަމަވެސް ރައީސް ޔާމީނުގެ ފުރިހަމަ ތާއިދު ޝާހުއަށް އޮތްކަމާއި މެދު އަދިވެސް ޝައްކު އުފައްދާ މީހުން އެބަތިއްބެވެ. 

އެކަމަކު ބަލާށެވެ. މީގެ ކުޑައިރުކޮޅެއް ކުރިން، މިއަދު ޝާހު ލައިގެން އެނިކުތް ޓީޝާޓުން ޝާހުއަށް މިކަން ހާސިލު ނުކުރެވެއޭ ބުނާނަން ހެއްޔެވެ؟ ޝާހުއަށް ސިޔާސީގޮތުން ބާރު ލިބޭނެކަން ހާމަވާ ހެއްކަކަށް އެކަން ނުފުދޭ ހެއްޔެވެ؟

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !