A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު އިރުއުތުރު ފަރާތަށް އުދަ އަރައިފި

މިއަދު ހޯދަޑު ސަރަހައްދަށް އުދައަރައި އުުފެދުނު ލޮނުގނަޑު ހަވިއްތަމަގުގައި. ފޮޓޯ: އައްލޫ އައްމަޑޭ އެފްބީ

މިއަދު (ހުކުރު ދުވަހު) ފުވައްމުލަކު އިރު އުތުރު ފަރާތުން ހޯދަޑު ސަރަހައްދަ އުދަ އަރައިފިއެވެ. ހޯދަޑު “ވަލިބުރި” ސަރަހައްދަށް އުދަ  އަރާފައި ވަނީ ހަވިއްތަ މަގުން، ހޯދަޑު ކާމުރަނގަމާގެ އާއި ހިސާބުން އުތުރަށެވެ. މިދުވަސްވަރު އިރުވައި މޫސުމުގެ ގަދައިގެ އަސަރު ފުވައްމުލަކު އިރު އުތުރު ސަރަހައްދަށް ވަރަށް ބޮޑަށް ކުރަމުން ދެއެވެ. 

މިއަދު އުދަ އަރާފައި ވަނީ ހޭޅިފަށާއި ރަށުގެ ބޭނުން ކުރާ ހިސާބއި ދެމެދު (ބާފަރ ޒޯން) އެންމެ ކުޑަ ދިމާލުންކަން ފާހަގަ ކުރެވެއެވެ. އުދައާއި އެކު ލޮނުގަނޑު އަރައިގެން ގޮސްފައި ވަނީ އެހިސާބުން މީހުން އަތިރި މައްޗައަށް ނިކުންނަން، ހިނގާ އުޅޭ މަގަކުން ނެވެ. ރަށުގެ ހޭޅިފަށަށް ވުރެ މެދަށް އަޑި ވުމުން، ލޮނުގަނޑު އެއްގަމަށް ދެމިގެންފައިވަނީ ކޯރެއް ގޮތަށް ޖަމާވެގެން މީހުން ހިނގާއުޅޭ އެމަގުންނެވެ. އެއާއެކު ހަވިއްތަ މަގުގެ ބައެއްގައި ލޮނުގަޑު ޖަމާވެފައި އޮތެވެ. އަދި އެމަގާއި ގުޅިފަިއވާ ގޯޅިއެއްގެ ތެރެއިން ރަށުގެ އެތެރެއަށް ވެސް ލޮނު ވަދެފައި ވެއެވެ. ނަމަވެސް އެއްވެސް ތަނަކަށް އަދި އެއްޗެކަށް ގެއްލުން ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

މިދުވަސްކޮޅު ރަށުގެ އިރު އުތުރު ފަޅިން ކަނޑު ގަދަވުމުގެ ސަބަބުން ރަށުގެ ބަނދަރަށް ވަދެ ނިކުމެ ހަދަން ވެސް ވަރަށް ބޮޑަށް ދަތިވެ، ރޭގައި ރަށަށް އައި ހަވާސް ބޯޓުގެ ބައެއް މުދާ ވެސް މިއަދު ބާލަން ޖެހުނީ މާނޭރު ފަންނަށެވެ. މިއީ ވެސް 14 ވަރަށް ހަރަށް ފަހު މާނެރަށް ފުވައްމުލަކުން މުދާ ބޭލި ފުރަތަމަ ފަހަރު ކަމަށް ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !