A wide advertisement which will be shown on all devices. (700 x 100)

މިއަހަރުވެސް،ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔައިވައިދޭ ދެ ޓީޗަރަކު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޙާފިޒް އަހްމަދު ސްކޫލްގެ ސީނިއާރ މެނޭޖްމެންޓްއާއި އެކު ފައިސަލް ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން- ފޮޓޯ ފައިސަލް ފައުންޑޭޝަން

މި އަހަރުވެސް އިތުރު ތަމްރިނާއި ތަޖުރިބާ ހޯދުމަށް ހާފިޒް އަޙްމަދު ސްކޫލާއި ފުވައްމުލަކު ސްކޫލްގެ، ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ 2 ޓީޗަރަކު ރާއްޖެއިން ބޭރަށް ފޮނުވާނެކަމަށް ފައިސަލް ފައުންޑޭޝަން ގެ ބާނީ ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވެފައިވނީ ޙާފިޒް އަހްމަދު ސްކޫލްއާއި އަތޮޅު ތައުލީމީ މަރުކަޒުގެ ސީނިއާރ މެނޭޖްމެންޓްއާއި ބައްދަލުކުރުމަށް ފަހުއެވެ.

“މިއަހަރުވެސް ހޭޒް އަދި އެފްއެސް ގެ ސެން ގެ 2 ޓީޗަރަކު އިތުރު ތަމްރީނާއި ތަޖުރިބާ ހޯދުމަށް،ބޭރަށް އިރާދަ ކުރެއްވިއްޔާ ފޮނުވާނަން ” ފައިސަލް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ފައިސަލް ފައުންޑޭޝަނުން ވަނީ ޙާފިޒް އަޙްމަދު ސްކޫލްގެ ހާއްސަ އެހީ ބޭނުންވާ ކުދިންނަށް، ކިޔަވައި ދިނުމަށް ގާއިމް ކުރެވިފައިވާ، ރެއިންބޯ ޔުނިޓްގެ 2 ޓީޗަރުން ކަމުގައިވާ ނިޒުނާ އާދަމް އާއި އައިޝަތު ހައިދީ،އިތުރު ތަމްރީނާއި ތަޖުރިބާ ހޯދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައެވެ.

ނުކުޅެދެންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުގައި މަސައްކަތް ކުރާތީ އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން،ނުކުޅެދެންތެރިކަން ހުންނަ ފަރާތްތަކުގެ އެމްބެސެޑަރުކަން، ސަރުކާރުން ވަނީ ދާދި ފަހުން ފައިސަލް ފައިުންޑޭޝަންގެ ބާނީ ފައިސަލް ނަސީމްއަށް ދީފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !