A wide advertisement which will be shown on all devices. (700 x 100)

ފަސޭހަކަމާއެކު ސެމީ ފައިނަލުގެ ފަހު ޖާގަ ފުރާންސަށް

ރޭގެ ފަސޭހަ މޮޅާއެކު ޔޫރޯގެ ސެމީ ފައިނަލަށް ފްރާންސްން ދަތުރުކުރި މިއީ 4 ވަނަ ފަހަރު. ފޮޓޯ: ގެޓީ އިމޭޖްސް

ޔޫރޯ ފުޓުބޯޅަ މުބާރާތް ފްރާންސުގައި ބޭއްވޭ 3 ވަނަ ފަހަރު އެގައުމުން 4 ވަނަ ފަހަރަށް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. ރޭ ޕެރިހުގެ ސެއިންޓް ޑެނިސް ސްޓޭޑިއަމްގައި ކުޅެވުނު ކުއާރޓަރ ފައިނަލް ފަހު މެޗު އައިސްލޭންޑްގެ މައްޗަށް ފަސޭހަ މޮޅެއް ފްރާންސުން ހޯދީ 5-2ން ނެވެ. ރެގެ މެޗުން ބަލިވި ކަމުގައިވިޔަސް އައިސްލޭންޑު ވަނީ މުބާރާތުގައި ފަޚުރުވެރި ކާމިޔާބީއެއް ހޯދާފައެވެ. އެއީ އަލަށް ޔޫރޯގައި ކުޅުނު ފަހަރު ކުއާރޓަރ ފައިނަލަށް ދަތުަރުކުރުމެވެ.

ރޭގެ މެޗުގެ ފްރާންސްގެ އެއްނަމްބަރު ފޯވަޑް އޮލިވަރ ޖިރޫ ވަނީ ދެގޯލު ކާމިޔާބުކޮށްދީފައެވެ. އެނާގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ 12 ވަނަ މިނިޓުގައި އަދި ދެވަނ ގޯލު މެޗުގެ 59 ވަނަ މިނިޓުގައި ކާމިޔާބުކޮށްދީ މުބާރާތުގެ އެންމެ ގިނަގޯލުޖެހި ކުޅުންތެރިންގެ ލިސްޓުގެ 2 ވަނާގައި ރަން ބޫޓަށް ވާދަކުރަނީ 3 ގޯލާއެކުއެވެ.

މެޗުގައި ފްރާންސްގެ އިތުރު ގޯލުތައް ކާމިޔާބުކޮށްދިނީ ޕޯލް ޕޮގްބާ ގްރީޒްމަން އަދި ގްރިޒްމަންއެވެ. ގްރިޒްމަން ވަނީ 4 ގޯލާއެކު ލަނޑުލިސްޓްގެ ކުރީގައެވެ. ޕަޔެޓްވެސ ްބވަނީ މިމުބާރާތުގައި 3 ގޯލު ކާމިޔާބުކޮށްދީފައެވެ. މިފަހަރުގެ ލަންޑުލިސްޓުގެ ކުރީގައި އުޅެނީ ފްރާންސްގެ 3 ކޫލުްނތެރިންނާއި ވޭލްސްގެ ގެރެތު ބޭލް އެވެ. ބެލްވެސް ވަނީ 3 ގޯލު ކާމިޔާބުކޮށްދީަަފއެވެ.

މުޅި މެޗުގަިއ ވެސް ފުރާންސުން ވަރުގަދައަށްކުޅެ ހަމަލާތައް ދެމުން ދިޔަނަމަވެސް އައިސިްލޭނދްގެ ހިތްވަރަކަށް ބަދަލެއް ނާންނަކަން ހާމަވީ މެޗުގައި  ދެވަނަ ހާފުފެށިގެން ގޯލެއް ކާމިޔާބުކުރުމުންވެ. ފްރާނސްފގެ ފަހު ގޯލަށް ފަހު ވެސް އައިސްލޭންޑުން ފަރާންސްގެ ގޯލަށް ހަމަލާ އަމަޒުކުރިއެވެ. ނަތީޖާއަކަށް ވީ އިތުރު ގޯލެއް ކާމިޔާބޮކޮށް މެޗުގެ ނަތީޖާގެ 5-2 ން ތަފާތު ކުޑަކުރުމެވެ.

ސެމީ ފައިނަލު މެޗުތައް ކުޅޭނީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އެވެ. ފުރަތަމަ މެޗުގައި ޕޯޗުގަލްއާއި ވޭލްސް ބައްދަލުކުރާނީ ލިއޮންގައި ބުދަދުވަހުގެ ރޭ ދަންވަރުއެވެ.  ދަވަނަ މެޗު މަސެގައި ފްރާންސް ބައްދަލުރާނީ ވޯލްޑްކަޕް ޗެމްޕިއަން ޖަރުމަނާއި ދެކޕލަށް ދަންވަރު 12 ޖަހައިރުއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !