A wide advertisement which will be shown on all devices. (700 x 100)

ޓެކްސް އަށް މަކަރު ހެދި މައްސަލާގައި މެސީއަށް ޖަލު ހުކުމެއް

މެސީއާއި އޭނަގެ ބައްޕަ އަށް ޖަލު ހުކުމަކާއި ބޮޑު ޖޫރިމައިނައެއް! ފޮޓޯ: ގެޓީ އިމޭޖްސް

މަޝަހޫރު ފުޓުބޯޅަ ކުޅުންތެރިއާ ބާސެލޯނާގެ ލިއޮނެލް މެސީގެ މައްޗަށް ޓެކުސްއަށް މަކަރު ހެދިކަމުގެ ކުށް ސާިތުވެ 21 އަހަރުގެ ޖަލު ހުކުމެއް ސްޕެންގެ ކޯޓަކުން މިއަދު ކޮށްފިއެވެ. ޓެކްސް ދެއްކުމުގައި އޮޅުވާލައި، މަކަރު ހެދި ކަމުގެ 3 މައްސަލައެއް ސާބިތުވެ މެސީއާއި އޭނާގެ ބައްޕަ، ޖޯޖުގެ މައްޗަށް ވެސް ކޯޓުން ވަނީ މިހުކުމް ކޮށްފައެވެ. ސްޕޭނުގެ ދަށު ކޯޓުން ކުރި މިހުކުން ސްޕްރީމް ކޯޓުގައި އެޕީލް ކުރުމުގެ ފުރުސަތު އެދެބަފައިންނަށް އެބައޮތެވެ.

މެސީ އާއި އޭނާގެ ބައްޕަގެ މައްޗަށް ކުރެވުނު ހުކުމުގައި ޖަލުގައި 21 މަސް ހޭދަކުރަން ޖެހުމުގެ އިތުރަށް ޖޫރިމައިނާގެ ގޮތުގައި މެސީ 2 މިލިޔަން ޔޫރޯ 2.99 މިލިޔަން ޔޫއެސް ޑޮލަރު) އަދި އޭނާގެ ބައްޕަ 1.5 މިލިޔަން ޔޫރޯ ދައްކަން ޖެހެއެވެ.

އެކަމަކު ސްޕެއިންގެ ގާނޫނު ބުނާގޮތުން 2 އަހަރުން ދަށުގެ ފުރަތަމަ ޖަލު ހުކުމް ތަންފީޒު ނުކޮށް ޕްރޮބޭޝަންގެ ގޮތުގައި ދޫކޮށްލެވެއެވެ. އެގޮތުން، ބެލެވެނީ މެސީއާއި އޭނާގެ ބައްޕަވެސް ޖަލަށް ދާކަށް ނުޖެހޭނެ ކަމަށެވެ.

މެސީގެ ބައްޕައަކީ މެސީ ގެ ރަސްމީ ފުޓުބޯޅަ އޭޖެންޓެވެ. މެސީ ވަނީ މިދައުވާއަށް އިންކާރުކޮށް ފައެވެ. އަދި ބުނެފައިވަނީ ފައިސާގެ ހުރިހާމެއް ވެސް ބަލަހައްޓަނީ އޭނާގެ ބައްޕަ ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !