A wide advertisement which will be shown on all devices. (700 x 100)

ހިސްޓޯ އިނީޝިއޭޓިވް އިން އޭއީސީގައި ގާއިމްކޮށްފައިވާ ޑިޖިޓަލް ކުލާސް ރޫމަށް ލިބުނު ގެއްލުން ހައްލުކޮށްފި

ހިސްޓޯ އިނީޝިއޭޓިވް އިން އޭއީސީގައި ގާއިމްކޮށްފައިވާ ޑިޖިޓަލް ކުލާސް ރޫމް އިފްތިތާހުކުރުމުގެ ތެރެއިން -ފައިލް ފޮޓޯ

ހިސްޓޯ އިނީޝިއޭޓިވް އިން އޭއީސީގައި ގާއިމްކޮށްފައިވާ ޑިޖިޓަލް ކުލާސް ރޫމަށް ލިބުނު ގެއްލުން ހައްލުކޮށްފިއެވެ.

މިކަލް ނޫހުށް މައުލޫމާތު ދެއްވަމުން ހިސްޓޯ އިނީޝިއޭޓިވް ގެ ރައީސް މުހައްމަދު ޒުނައިދު ވިދާޅުވި ގޮތުގައި މި ދޭތެރެއިން ފުވައްމުލަކުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުމުގެ ސަބަބުން އެ ޖަމްއިއްޔާގެ ފަރާތުން ތައުލީމީ މަރުކަޒުގައި 3 ފެބުރުއަރީ 2013 ގައި ގާއިމުކޮށް ފައިވާ ޑިޖިޓަލް ކުލާސް ރޫމަށް ގެއްލުންތަކެއް ވެފައިވާ ކަމަށާއި ނަމަވެސް ލިބުނު ގެއްލުންތަށް މިހާރު ވަނީ ހައްލުކޮށްފައި ކަމަށެވެ.

އެ ކުލާހުގައި ގާއިމްކޮއްފައިވާ 3 ޑީ 55 އިންޗީގެ ޕެނޮސޮނިކް ޓީވީއާއި ބައެއް ސަމާނުތަކަށް ގެއްލުންވެފައިވާތީވެ މިހާރު ވަނީ މުޅިން އާ ސާމާނުތައް އިންސްޓޯލް ކޮށްފައި ކަމަށާއި، މިގޮތުން އެންމެ ފަހުގެ އެލްޖީ 55 އިންޗީގެ 3ޑީ ޓީވީ އަކާއި އަދިވެސް ބައެއް ސާމާނުތައް އިންސްޓޯލް ކުރެވިފައިވާކަމަށް އެނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެން އަދި ކުލާސް ރޫމް ޑިޖިޓަލް ކޮއްފައި އަތް އުރާލައިގެނެ ނުތިބެން، ކުލާސް ރޫމްގެ ތަކެތި އިންސްޓޯލް ކުރުމަށް ފަހު، އެ ހުރިހާ ތަކެއްޗެއް ބަލަހައްޓަމުންވެސް މިގެންދަނީ އަޅުގަނޑުމެން ” ޒުނައިދު ވިދާޅުވިއެވެ.

ޒުނައިދު ވިދާޅުވީ ހިސްޓޯ އިނީޝިއޭޓިވް ގެ ފަރާތުން ކުލާސް ރޫމް ގާއިމްކޮއްފައި ،އެ ކުލާސް ރޫމް ބެލެހެއްޓުމުގެ އެންމެހާއި ކަންތައްތަކާއި ހަވާލުވުމެގެ ބޭނުމަކީ ޏ.އަތޮޅު ތައުލީމީ މަރުކަޒަކީ، އަޅުގަނޑުމެންގެ ދަރިންނާއި އެ ދަރިންގެ ދަރީން ތައުލީމު ހާސިލްކުރުމުންދާ، އަދި ދާންއޮތް ތަންކަމަށްވާތީ ކަމަށެވެ. ” ސްކޫލަށް ލިބޭ ކޮންމެ ކުރިއެރުމަކީ އަޅުގަނޑުމެންނަށް، ވެސް ލިބޭ ކުރިއެރުމެއް، މިގޮތަށް މި ރަށުގައި ތިބި ތަނަވަސް ކަމުގެ އަހުލުވެރިން މި ސްކޫލަށާއި މިރަށަށް އެހީތަކެއް ވެދެއްވައި އެތަކެތި ބެލެހެއްޓުމަކީ ރަށައް ލިބިގެންދާނެ ކުރި އެރުމެއް ކަމަށް މި ޖަމްއިއްޔާއިން ދެކެން” ޒުނައިދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޒުނައިދު ވިދާޅުވީ އެ ޖަމްއިއްޔާ އަކީ ވަކި ފަރުދަކަށް ބަރޯސާ ވާ ޖައްމިއްޔާ އެއް ނޫންކަމަށާއި އެ ޖަމްއިއްޔާ އަކީ ޒުވާނުންތަކެއް ، އެމީހުންނަށް ލިބޭ މަދު އަމްދަނީ ކޮޅުން އިތުރުވާ އެއްޗަކުންނާއި ބައެއް ފަހަރު އެކި ފަރާތަކުން އެހީތެރިކަން ހޯދައިގެން ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް ހިންގާ ޖަމްއިއްޔާއެއް ކަމަށެވެ.

ހިސްޓޯ އިނީޝިއޭޓިވް އިން ފުވައްމުލަކަށް ކޮށްދެވާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ފުވައްމުލަކު އަތޮޅު ހޮސްޕިޓަލްގެ ދެމުންގެންދިޔަ އެކްސްރޭގެ ހިދުމަތް ޑިޖިޓަލް ކުރުމަށް ބޭނުންވާ ބައެއް މެޝެނަރީތައް ފޯރުކޮއްދިނުމާއި ރަށުގެ ބައެއް ޕްރީ ސްކޫލްތަކަށް ބޭނުންވާ ބައެއް ސާމާނުތަކާއި އެހީތަށް ވަނީ ވެދެއްވާފައެވެ. އަދި އެކްސްރޭގެ ހިދުމަތް ޑިޖިޓަލް ކުރުމުގެ ކުރިން ފުވައްމުލަކު ރައްޔިތުން އެކްސްރޭ ގަޑެއް ނެގުމަށް އައްޑޫ އަށް ނުވަތަ މާލެ ދާންޖެހޭ ކަމަށާއި މިކަމުގެ ސަބުބުން ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކެއް ހުރިކަމަށާއި ނަމަވެސް ހިސްޓޯ އިނީޝިއޭޓިވް އިން އެކްސްރޭގެ ހިދުމަތް ޑިޖިޓަލް ކުރިތާ 5 އަހަރުވެގެން ދާއިރު، އެކްސްރޭ ގަނޑެއް ނުނެގިގެން ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމެއް ނުވަތަ ޝަކުވާއެއް ކުރަމުންދާ އަޑެއް ނުއިވުމަކީ އެ ޖަމްއިއްޔާއަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށް ޒުނައިދު ވިދާޅުވިއެވެ.

އަދި 2009 ވަނަ އަހަރު ޖޫންމަހުގައި ފުވައްމުލަކުގައި ބޭއްވި ސެވަން ސީސް އިންޓަރ އެޓޯލް އެތްލެޓިކްސް މީޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ ލޭޒާރ ޝޯއެއް ބާއްވާފައިއެވެ. މި ޝޯއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި މަލްޓި ކަލާރ އަދި ރާއްޖޭގައި ބޭއްވި ލޭޒާރ މެޓްރިކް ޝޯ ކަމަށް ހިސްޓޯ އިނީޝިއޭޓިވްގެ ރައިސް ޒުނައިދު ވިދާޅުވިއެވެ .އަދި މި ޕްރޮޖެކްޓް ކުރިޔަށް ގިންދިއުމުގައި އަޝްރަފް ނޫމާން (އައްރާ) ގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބުނު ކަމަށް ޒުނައިދު ވިދާޅުވިއެވެ. އަދި އައްރާ ފަދަ ވިޝަނަރީ ޒުވާނުތަކެއް، ފުވައްމުލަކުން އުފެދި، އެ ޖަމްއިއްޔާ އާއި ގުޅިގެން ނުވަތަ މިފަދަ ޖަމްއިއްޔާތަކެއް ހަދައިގެން ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކުރުމަށް އުއްމީދު ކުރާކަމަށް ވެސް ޒުނައިދު ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !