އިދިކޮޅު ފަރާތްތަށް އެކުވެގެން އުފައްދަފާފައިވާ މޯލްޑިވުސް ޔުނައިޓެޑް އޮޕަޒިޝަން (އެމްޔޫއޯ) ގޭ ޙާއްސަ ޖަލްސާ އެއް ފުވައްމުލަކުގައި ބާއްވަން އެމްޔޫއީ އިން ނިންމައިިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 18 އޯގަސްޓް 2016 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައި މިސްކިތްމަގުގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި އެވެ.
މިޖަލްސާއަށް ވީހާވެސް ގިނަ ރައްޔިތުން ވަޑައިގެން ދެއްވުމަށް އެމްޔޫއޯ އިން އެދިލައްވައެވެ. މި ޖަލްސާ ރާއްޖެޓީވީ އިން ލައިވްކޮށް ދުރަށް ދެކުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މިޖަލްސާ ހިނގަމުންދާ ވަގުތު މާލޭގައި ހުންނަ އެމްޑީޕީގެ މައިހަރުގޭގައި ބޮޑި ބަތާއި އެކު މިޖަލްސާ ބެލުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާ ކަމަށް އެމްޔޫއޯ އިން މައުލޫމާތު ދެއްވައެވެ.
+1
+1
ޚިޔާލުތައް