A wide advertisement which will be shown on all devices. (700 x 100)

އޭބީސީގެ ޚަބަރުގައި ރާއްޖޭގެ ވެރިކަން ބަލިކަށިވަމުންދާ ކަމަށް ބުނެފި

އޮސްޓްރޭލިއާގެ އޭބީސީ ޓީވީ ޚަބަރުގެ ސްކްރީން ޝޮޓެއް.

އޮސްޓްރޭލިއަން ބްރޮޑްކާސްޓިން ކޯޕަރޭޝަން (އޭބީސީ) ގެ ޚަބަރުގައި ރާއްޖޭގެ ވެރިކަން ބަލިކަށިވަމުން ދާކަމަށް ބުނެފިއެވެ. އޭބީސީ ޓީވީން އިއްޔެ ބްރޮޑްކާސްޓް ކުރި ޚަބަރުގައި ރާއްޖޭގެ ނޫސްވެރިޔަކާއި ސުވާލުކޮށް، ރައީސް ޔާމީނުގެ ވެރިކަން ބަލިކަށިވަމުންދާ ގޮތް ހާމަކޮށްދީފައި ވެއެވެ. އޭބީސީގެ ޚަބަރުގައި ބުނާގޮތުން ރައީސް ޔާމީނުގެ ވެރިކަން ބަލިކަށިވެގެން ދަނީ ހަމައެކަނި އިދިކޮޅު އިއްތިހާދު ބޮޑުވެގެން އެކަންޏެއް ނޫނެވެ. ރައީސް ޔާމީނުގެ ޕާޓީ، ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ ބައިބައިވުން ތަކުގެ ސަބަބުން ނާއި ބަލިކަށި ވަމުންދާ އިގުތިސޯދާއި، ނޫސްވެރިކަމަށް ކުރިމަތިކުރުވާ ގޮން ޖެހުންތަކުގެ ސަބަބުން ވެސްމެއެވެ.

އިދިކޮޅު އިއްތިހާދުން ސްރީލަންކާގައި ބާއްވާ ބައްދަލުވުންތަކުން ރާއްޖޭގެ ސިޔާސީ މަސްރަހާއި މެދު ދުނިޔޭގެ ސަމާލުކަން ލިބިފައިވީ ނަމަވެސް، ރައީސް ޔާމީނު ފަސޭހަކަމާއެކު ބާރުތައް ދޫކޮށްލާ އެއްފަރާތަށް ޖެހޭނެ ކަމަކަށް ނުބެލެވޭކަމަށް ހާމަކުރިއެވެ. ރައީސް ޔާމީނުގެ ބޭބެ، ކުރީގެ ރައީސް މައުމޫނާއި ޔާމީނުގެ ގުޅުން ގޯސްވެ އެޕާޓީގެ (ޕީޕީއެމް) ތެރޭގައި ބައިބައިވުން ވަނީ އުފެދިފައިކަމަށް ހާމަކުރިއެވެ.

އޭބީސީގެ މިޚަބަރަށް މައުލޫމާތު ދެއްވާފައިވަނީ ރާއްޖޭގެ ނޫހެއް ކަމަށްވާ “މޯލްޑިވްސް އިންޑިޕެންޑެންޓް” ނޫގެ އެޑިޓަރ ޒަހީނާ ރަޝީދެވެ.

ރައީސް ޔާމީނުގެ ވެރިކަން ބަލިކަށިވަމުންދާ ސަބަބުތަކުގެ ގޮތުގައި މިނިވަން މީޑީއާއަށް ކުރިމަތިކުރެވިފައިވާ ގޮން ޖެހުންތައް ޒާހީނާ ފާހަގަކުރެއްވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !