A wide advertisement which will be shown on all devices. (700 x 100)

މިހާރު މާލޭގައި ކުރިޔަށްދާ އެތުލެޓިކްސް މުބާރާތުގައި ފުވައްމުލަކުގެ 5 ސްކޫލަކުން ވާދަކުރޭ

މީގެ ކުރިން މާލޭގައި ބޭއްވުނު އެތުލެޓިކްސް މުބާރާތުގައި ފުވައްމުލަކު ކުދިން ވަނީ ގައުމީ ފެންވަރުގައި ވާދަކުރުމުގެ ހުނަރުވެރިކަން ސާބިތުކޮށްދީފައި.

މިހާރު މާލޭގައި ކުރިޔަށްދާ މައިލޯ އިންޓަރ ސްކޫލް ޗެމްޕިއަންޝިޕް އެތުލެޓިކްސް މުބާރާތުގައި ފުވައްމުލަކުގެ 5 ސްކޫލަކުން ވާދަކުރަމުން އެބަދެއެވެ. މާލޭ ޓްރެކް ދަނޑުގައި ކުރިޔަށްދާ މިމުބާރާތުގައި ރާއްޖޭގެ އންމެ އުތުރުން ފެށިގެން އެންމެ ދަކުނުގެ އަތޮޅުތަކުގެ ސްޚުލްތަކުން ބައިވެރިވެއެވެ. އެގޮތުން މާލެއިން 14 ސްކޫލަކުން އަދި އަތޮޅުތަކުގެ 16 ސްކޫލަކުން ބައިވެރިވެފައިވެއެވެ.

މިމުބާރާތުގައި ފުވައްމުލަކުން ބައިވެރިވެފައި ވަނީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ހާފިޒް އަހްމަދު ސްކޫލް، މަދުރަސަތުލް ޝައިޚް މުޙައްމަދު ޖަމާލުއްދީން، ފުވައްމުލަކު ސްކޫލް، އަދި ޒިކުރާ އިންސްޓިޓިއުޓެވެ.

މިމުބާރާތް ކުރިޔަށް ގެންދިއުމަށް ހަމޖެހިފައިވަނީ މި ސެޕްޓެމްބަރު މަހު 2ން 5 އަށެވެ. މިމުބާރާޓުގައި އަންހެން އަދި ފިރިހެން ބައިގައި ވެސް 5 އުމުރު ފުރައަކުން ދަރިވަރުން ވާދަކުރެއެވެ. އެއީ 11، 13، 15، 17އަދި 19 އަހަރުން ދަށުގެ އުމުރު ފުރާތަކެވެ. މިޗެމްޕިއަންޝިޕްގައި ފިލްޑް އިވެންޓާއި ޓްރެކް އިވްނެޓްތައް ކުރިޔަށް ގެންދެވެއެވެ. އެގޮތުން ޖުމްލަ 104 އިވެނޓެއް ކުރިޔަށް ގެންދެވޭނެއެވެ.

މިއަދަކީ މުބާރާތުގެ އެންމެ ފަހު ދުވަހެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !