A wide advertisement which will be shown on all devices. (700 x 100)

އަށާރަ އަހަރުފަހުން ޒަމާންވީ ދެހަތުރުން ކަމަށްވާ އަންވަރާއި މަހާތީރު ބައްދަލުކޮށްފި

މެލޭޝިއާގެ ސިޔާސީ ދާއިރާގައި ޒަމާންވީ ދެހަތުރުން ކަމަށްވާ މަހާތީރާއި އަންވަރު އިބްރާހިމް ސަލާމް ކުރައްވަނީ ފޮޓޯ:ޓުޑޭ އޮންލައިން

1998 ވަނަ އަހަރު ބޮޑުވަޒީރުގެ ނާއިބުކަމުން ވަކިކުރުމަށްފަހު 18 އަހަރުފަހުން މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދާއި އޭނާގެ ކުރީގެ ނާއިބު އަންވަރު އިބްރާހިމް ބައްދަލުވެ ސަލާމްކޮށްފިއެވެ. މެލޭޝިއާގެ ސިޔާސީ ދާއިރާގެ ދެހަތުރުންގެ ގޮތުގައި 18 އަހަރު ފާއިތުވުމަށްފަހު އިއްޔެ (ސެޕްޓެމްބަރ 5) ވަނަ ދުވަހު އަންވަރު އިބްރާހިމްގެ ޝަރީއަތުގެ މަޖިލީހަށްފަހު ދެބޭފުޅުން ބައްދަލުވެ ސަލާމްކުރިއިރު ދެމީހުންގެވެސް މޫނިމަތިން އުފާވެރިކަން ފެނެއެވެ. 

“18 އަހަރާއި 3 ދުވަސް ފަހުން 1998 ވަނަ އަހަރު ސެޕްޓެމްބަރ 3 ވަނަގެ ފަހުން” ކަމަށް ބުނެ މަހާތީރާއި އަންވަރު ސަލާމް ކުރާ ފޮޓޯއެއް ޕީކޭއާރުގެ ރައީސް ޕީކޭއާރުގެ ރައީސް އަދި އަންވަރު ގެ އަބިކަނބަލުން ޑރ ވަން އަޒީޒާ ވަން އިސްމާއީލް ފޭސްބުކް އަށް އަޕްލޯޑް ކޮށްފައިވެއެވެ.

މެލޭޝިއާގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ ޕީކޭއާރުގެ ލީޑަރ އަންވަރު އިބްރާހިމް ގެންދަވަނީ އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މިދިޔަ އަހަރުއްސުރެ 5 އަހަރުގެ ޖަލު ހުކުމެއް ތަމްފީޒު ކުރައްވަމުންނެވެ. ޑރ. މަހާތީރުގެ ނާއިބުކަން ކުރައްވަމުން ގެންދަވަނިކޮށް މަގާމުން ދުރުކުރުމަށް ފަހު އަންވަރު މައްޗަށް ތުހުމަތުކުރެވުނީ ވެސް އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތެކެވެ. 

ޒަމާނުއްސުރެ މެލޭޝިއާގެ ވެރިކަންކުރަމުންދާ ބަރިސާން ނެޝަނަލްގެ އުމްނޯ ލީޑަރުކަންވެސް ކުރައްވާފައިވާ މެލޭޝީއާގެ ގިނަ ރައްޔިތުންތަކެއްގެ ލޯބި ހޯއްދަވާފައިވާ ކުރީގެ ބޮޑުވަޒީރު ވަނީ ފަހަކަށް އައިސް ފާޅުގައި ސަރުކާރަށް ފާޑު ވިދާޅުވެ އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވެފައެވެ. 

ދިވެހި ސިޔާސީ ދާއިރާގެ ދެހަތުރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ދެބޭފުޅުން އިންތިގާލީ ސަރުކާރުގައި ހިމެނިވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ހަވާލާދީ މިހާރު ނޫހުގައި މިއަދު ރިޕޯރޓް ކޮށްފައި ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !