A wide advertisement which will be shown on all devices. (700 x 100)

ފަރަށް އެރި ބޯޓް ފުންނުކުރެވިގެން ހިލަތައް މޫދަށް އަޅާލަނީ

ފެނާއި ނަރުދަމާގެ ސާމާނު ހިފައިގެން އައިސް ފުވައްމުލަކަށް ކައިރި ކުރަނިކޮށް އޮގަސްޓް 13 ވަނަ ދުވަހު ފަރަށް އެރި އެންޖީއޯސީ ސަން ފުން ނުކުރެވިގެން އެބޯޓުން ގެނައި ބައެއް ހިލަވެލި މޫދަށް ދޫކޮށްލަން ފަށައިފިއެވެ.

ޖަމްބޯ ބޭގްތަކުގައި ހުރި ހިލަތައް މޫދަށް އުކާލަން ނިންމީ ބޯޓުގެ ސަބަބުން ފަރަށް އިތުރު ގެއްލުމެއް ލިބުނަ ނުދިނުމަށް ކަމަށް އެބޯޓުގެ ރާއްޖޭގެ އެޖެންޓް އޯޝަން ލޮޖިސްޓިކްސް އެންޑް ޝިޕިންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދު ވިދާޅުވެއެވެ. 

ފަރަށް އެރި ބޯޓް ފުންކުރުމަށް މީގެކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ދިން 15 ދުވަހުގެ މުއްދަތުގައި އެކަން ނުވެގެން އަލުން ވަނީ 15 ދުުވަހަށް މުއްދަތު އިތުރުކޮށްދީފައިވާ މިބޯޓް ހަފްތާއެއް ތެރޭގައި ބޯޓު ފުން ކުރެވޭނެ ކަމަށްވެސް ވަހީދު ވިދާޅުވެއެވެ.

ގާތްގަނޑަކަށް 3000 ޓަނުގެ ބޯޓުގައި ހުރި 5700 ބޭގްގެ ހިލައިގެ ތެރެއިން މިހާތަނަށް 200 އަށް ވުރެ ގިނަ ބޭގް މޫދަށް ދޫކޮށްފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ.

‎ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ސަރުކާރުން ހަވާލުކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ. އެކަމަކު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ގެންދިއުމަށް ހަވާލުކޮށްފައި ވަނީ ވިއެޓްނާމްގެ މުދާ އުފުލާ ބޯޓަކާ އެވެ.  

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !