A wide advertisement which will be shown on all devices. (700 x 100)

އިންޓަރ ސްކޫލް 14 އަހަރުން ދަށުގެ ވޮލީ ބޯޅަ މުބާރާތުގެ ފައިނަލް ގައި އެމްޖޭއެމް މިއަދު ވާދަކުރާނެ

އެމްޖޭއެމްގެ ވޮލީ ޓީމުގެ ތިން ކުޅުންތެރިން. ފޮޓޯ މިކަލް ނިއުސް

މާލޭގައި މިހާރު ކުރިއަށްދާ 14 ވަނަ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ އަންހެން ކުދިންގެ 14 އަހަރުންދަށުގެ އުމުރުފުރައިގެ ފައިނަލް މެޗުގައި މިއަދު މެންދުރު ފަހު 14:00 ގައި މަދަރުސަތުލް ޝައިޚް މުހައްމަދު ޖަމާލުއްދީން، (އެމްޖޭއެމް) ގޮއިދޫ ސްކޫލާއި ދެކޮޅަށް ނިކުންނާނެ އެވެ.

އެމްޖޭއެމް ގެ ޓީމް ފައިނަލަށް ދަތުރުކޮށްފައި ވަނީ މިއުމުރުފުރައި ގައި ކުޅެވުނު 3 މެޗުން 8 ޕޮއިންޓް ހޯދައި އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމެއްގެ ގޮތުގައެވެ. ބައިވެރިވި 3 އުމުރު ފުރައިންވެސް ފައިނަލަށް ދަތުރު ކުރި ގޮއިދޫ ސްކޫލް ޓީމް ފައިނަލަށް ދަތުރު ކޮށްފައި ވަނީ 7 ޕޮއިންޓާއިއެކު ގައެވެ. 

ފުވައްމުލަކު ސްކޫލް ތަކުގެ ތެރެއިން ބައިވެރިވި ހަމައެކަނި ސްކޫލް ކަމަށްވާ އެމްޖޭއެމް ގެ ޓީމު، ބައިވެރިވެފައި ވަނީ 14 އަހަރުން ދަށުގެ އަންހެންކުދިންގެ އުމުރު ފުރައިގައި އެކަންޏެވެ. 

އެމްޖޭއެމް އާއި ގޮއިދޫ ސްކޫލްގެ އިތުރުން މިއުމުރުފުރައި ގައި ބައިވެރިވެފައި ވަނީ ތާޖުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލް އިންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !