A wide advertisement which will be shown on all devices. (700 x 100)

ފަރަށް އެރި ބޯޓު އެއްމަސްދުވަސް ފަހުން ފުން ކުރެވިއްޖެ

ފެނާއި ނަރުދަމާގެ ސާމާނު ހިފައިގެން އައިސް ފުވައްމުލަކަށް ކައިރި ކުރަނިކޮށް އޮގަސްޓް 13 ވަނަ ދުވަހު ފަރަށް އެރި އެންޖީއޯސީ ސަން، އެއްމަހާއި އެއްދުވަސް ފަހުން މިއަދު ފުންކޮށްފިއެވެ. 

ބޯޓު ފުންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. މިހާރު އެބޯޓު ފުންކުރުމަށް ފަހު ރަށާ ދުރަށް ގެންގޮސްފައިވެއެވެ.

އެބޯޓް ފުން ކުރުމަށް އީޕީއޭ އިން ދެފަހަރެއްގެ މަތިން ދިން މުއްދަތު ވެސް ހަމަވެފައި ވަނިކޮށް ފުންކުރެވިފައި މިވަނީ އެބޯޓުން ގެނައި ހިލަ އާއި ހިލަވެލި ފުވައްމުލަކު ފަޅަށް އަޅާލުމަށްފަހު ދެޓަގުގެ އެހީގައެވެ. މިބޯޓުގައި ހުރި ހިލަ އާއި ހިލަވެލިތައް މޫދަށް އުކާލަން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހުއްދަ ދިނީ އެ ނޫން ގޮތަކަށް ބޯޓު ފުންކުރެވޭނެ ގޮތެއް ނެތުމުން ކަމަށް އީޕީއޭ އިން ބުނެފައިވެއެވެ.

އެއްމަސް ދުވަހަށްވުރެ ގިނަ ދުވަހު ފުވައްމުލަކު ފަރުމަތީ އޮތް މިބޯޓުން ތެޔޮލީކުކޮށްފައިވާ ކަމަށްވެސް ފުވައްމުލަކު އަތޮޅު ކައުންސިލުން ބުނެފައިވެއެވެ. އެކަމުގެ ސަބަބުން ފުވައްމުލަކުގެ އެންމެ ހިތްގައިމު ޑައިވް ޕޮއިންޓް ނެތިގެންދާނެ ކަމަށް ޑައިވަރުން ބުނެފައިވެއެވެ. އަނެއް ކޮޅުން މި ބޯޓުން ގަސްދުގައި ޕަމްޕުކޮއްގެން މޫދަށް ތެޔޮ އަޅަމުންދާ ކަމަށް ފުވައްމުލަކު ބައެއް މަސްވެރިން ތުހުމަތުކުރިއެވެ.

‎ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ސަރުކާރުން ހަވާލުކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ. އެކަމަކު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ގެންދިއުމަށް ހަވާލުކޮށްފައި ވަނީ ވިއެޓްނާމްގެ މުދާ އުފުލާ ބޯޓަކާ އެވެ. މި ބޯޓް ފުންކުރުމުގެ މަސައްކަތާއި ހަވާލުވެފައި ވަނީ ސިންގަޕޫރުގެ ކުންފުންޏަކުންނެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !