A wide advertisement which will be shown on all devices. (700 x 100)

ލޯކަލް ކައުންސިލް އިންތިޚާބު ޖެނުއަރީ 14 ގައި، ފުވައްމުލަކުގައި އޮންނާނީ ސިޓީ ކައުންސިލެއްބާ!

އަންނަ އަހަރު ފެބުރުއަރީ 26 ވަނަ ދުވަހަށް މުއްދަތު ހަވަމާ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު އަންނަ އަހަރު ޖެނުއަރީ 14 ގައި ބޭއްވުމަށާއި ކައުންސިލްތަކަށް ކުރިމަތި ލުމަށް އަންނަ އޮކްޓޫބަރ މަހު 24 ވަނަ ދުވަހު ހުޅުވާލަން އެލްޖީއޭ (ލޯކަލް ގަވަމަންޓް އޮތޯރިޓީ) އިން ތައްޔާރު ވަމުންދާ އިރު ފުވައްމުލަކުގައި އޮންނާނީ ސިޓީ ކައުންސިލެއްތޯ ނުވަތަ ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކެއްތޯ ގިނަ ބަޔަކު ސްވާލު އުފައްދަމުންދެއެވެ.

މިދިޔަ އަހަރު ޑިސެމްބަރ މަހު 4 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ތަޝްދީގު ކުރެއްވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު 2010/7 ގެ 6 ވަނަ އިސްލާހާއިއެކު ފުވައްމުލައް ސިޓީއަކަށް ބަދަލުވުމަށް އާބާދީގެ ނިސްބަތުން ދިމާވެފައިވާ ގޮންޖެހުން ވަނީ ހައްލުކުރެވި ސިޓީ އަކަށް ބަދަލު ކުރެވުމުގެ ފުރުސަތު ހުޅުވިފައެވެ. އަދި މިއާއިއެކު އިދާރީ ދާއިރާ ތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ސިޓީ އެއްގެ ދަރަޖަ ދެވޭ ތަންތަނު ގައި ހުންނަން ޖެހޭ ޚިދުމަތްތައް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިސެޕްޓެމްބަރ މަހު 8 ވަނަ ދުވަހު އާއްމުކުރި ޚިދުމަތުގެ މިންގަނޑުތަކަށް ބަލާއިރު އެ މިންގަޑުތައް އެހާސާފެއްނޫނެވެ. އަދި އެމިންގަނޑަކީ އެމީހަކު ބޭނުންގޮތަކަށް މާނަކުރެވިދާނެ މިންގަނޑެއްކަމުން އެމިންގަނޑަށް ފުވައްމުލައް ފެތޭކަން ކަމަށްވެސް ނުވަތަ ނުފެތޭ ކަމަށްވެސް ކަނޑައެޅުމުގެ ފުރުސަތު އެލްޖީއޭ އަށް ލިބިގެންވެއެވެ. މިހާތަނަށް އެލްޖީއޭ އިން ވަކި ގޮތަކަށް ނިންމާ އާންމުކޮށްފައި ނުވާއިރު ފުވައްމުލަކު އަތޮޅު ކައުންސިލުން ވަނީ ސިޓީ ކައުންސިލެއް ހެދުމަށް އެދި އެލްޖީއޭ އަށް ހުށަހަޅާފައެވެ.

މިކަލް ނޫހާއި ވާހަކަ ދެކި ބައެއް އާންމު ފަރާތްތަކުން ހާމަކުރާ ގޮތުގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައިވެސް ފުވައްމުލަކުގައި އުފައްދާނީ ސިޓީ ކައުންސިލެއްތޯ ނުވަތަ އަތޮޅު ކައުންސިލެއްތޯ ބަހުޘްކުރެވެމުން ދެއެވެ. ސަބަބަކީ ސިޓީ ކައުންސިލަކަށް ގޮސްފިނަމަ ގެއްލޭނެ ވަޒީފާގެ ފުރުސަތުތަކާއި ގުޅިގެނެވެ. 

ލޯކަލް ކައުންސިލް ގާނޫނުގައި ފުވައްމުލަކަށް ހިމަނާފައިވާ ޚާއްސަ މާއްދާ އުވާލައިފައިވާ އިރު ފުވައްމުލަކަށް ސިޓީ ކައުންސިލަކަށް ނަހަދައިފިނަމަ އޮންނާއި އެންމެ ރަށު ކައުންސިލަކާއި އަތޮޅު ކައުންސިލެކެވެ. އެއީ 5 ރަށު ކައުންސިލަރުންނާއި 3 އަތޮޅު ކައުންސިލަރުންނެވެ. އެއާއިއެކު، ރަށު ކައުންސިލްގެ މިހާރުގެ 24 މެމްބަރުން 5 އަށް ބަދަލުވެ އަވަށުގައި ގާއިމްވެފައިވާ ރަށު ކައުންސިލްތައް އުވި ސިވިލް ސާރވިސްގެ އެތައް ބައެއްގެ ވަޒީފާ ގެއްލޭނެއެވެ. 

ސިޓީ ކައުންސިލަކަށް ހެދިއްޖެނަމަ ރަށު ކައުންސިލާއި އަތޮޅު ކައުންސިލް އުވި ސިޓީ ކައުންސިލުން ޖާގަ ލިބިގެން ދާނީ އެންމެ 3 މެމްބަރުންނަށެވެ. ވީމާ ކޮންމެ ގޮތަކަށް ބަލާލިކަމަށް ވިޔަސް ފުވައްމުލަކުގެ އެތަށް ވަޒީފާއެއް ގެއްލޭނެއެވެ. 

ނަމަވެސް، ފުވައްމުލައް ސިޓީ އަކަށް ވެއްޖެނަމަ ތިންވަނަ ސިޓީއަށް ވުމުގެ ފަޚުރު ލިބޭނެއެވެ. ދެން އޮތީ އިދިކޮޅު ފަރާތްތަކުން އުފައްދާ ބޮޑު ސުވާލެވެ. ސިޓީއަކަށްވެގެން ވަނީ ކޮންކަމެއްތޯއެވެ. ހަމަ ޔަގީނުންވެސް ނަންރީއްޗެވެ. ސިޓީއަކަށްވުމުން އިތުރު ކަންތައްތަކަށް މަގުފަހި ވެދާނެއެވެ.

ގުޅޭ ލިއުންތައް

ސިޓީއަކަށް ހެދުމަށް އެދި އެލްޖީއޭ އަށް އަތޮޅު ކައުންސިލުން ހުށަހަޅަނީ

ސިޓީގެ ދަރަޖަ ދެވޭ ތަންތަނުގައި ހުންނަން ޖެހޭ ޚިދުމަތްތައް ކަނޑައެޅިއިރު

ތިރީހުން ތިނަކަށް ބަދަލު ވެގެންދާއިރު

ފުވައްމުލަކަށް ސިޓީގެ ދަރަޖަ ލިބެނީބާ

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !