A wide advertisement which will be shown on all devices. (700 x 100)

ފަރަޝް ބޭނުންވަނީ މޯލްޑިވިއަން އައިޑަލްގެ ޓައިޓުލް ފުވައްމުލަކަށް ގެންނަން

ފަރަޝް: މޯލްޑިވިއަން އައިޑަލް ޝޯގައި ލަވަކިޔަނީ.

ފަރަޝް ބޭނުންވަނީ މޯލްޑިވިއަން އައިޑަލްގެ ޓައިޓުލް ފުވައްމުލަކަށް ގެންނަން ކަމަށް އޭނާ ހާމަކޮށްފިައވެ.

ފަރަޝް މިހެން ހާމަކޮށްފައިވަނީ މޯލްޑިވިއަން އައިޑަލް ގެ ގަދަ 10 ކަށަވަރު ކުރުމަށް މިދިޔަ ހޮނިހިރު ދުވހު ބޭއްވި އެލިމިނޭޝަން ޝޯގައެވެ.

“މިފަހަރުގެ އައިޑަލްގައި ފުވައްމުލަކުން ބައިވެރިވި ހަމައެކަނި ބައިވެރިއަކީ ފަރަޝް، އެހެންކަމުން ފަރަޝްގެ އެންމެ ބޮޑު މަޤްސަދަކީ މިފަހަރުގެ އައިޑަލްގެ މި ޓައިޓަލް ފުވައްމުލަކާއި ހަމަޔަށް ގެންނަން “ފަރަޝް ހާމަކުރިއެވެ. އަދި ފުވައްމުލަކުގެ ސަޕޯޓަރުންގެ އެހީތެރިކަމާއި އެކު މިކަން އިރާދަ ކުރެއްވިޔާ ކަމިޔާބު ވާނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށް ވެސް ފަރަޝް ބުނެފައިވެއެވެ.

ފަރަޝްގެ އިތުރުން ފުވައްމުލަކު ގިނަ ރައްޔިތުންގެ ވެސް އެދުމަކީ މޯލްޑިވިއަން އައިޑަލްގެ ޓައިޓުލް ފުވައްމުލަކަށް ގެނެސް، މި ސިޓީއަށް ރީތި ނަމެއް ހޯދުމެވެ. “އަޅުގަނޑު ޤަބޫލްކުރާ ގޮތުގައި ފުވައްމުލަކަށް ރީތި ނަމެއް ހޯދައި ދިނުމަށް، ފުވައްމުލަކު ރައްޔިތުންގެ ފުރިހަމަ ސަޕޯރޓް ފަރަޝް އަށް ލިބޭނެ ” އަލީ ޖަވާދު ހާމަކުރެއްވިއެެވެ.

އުމުރުން 21 އަހަރުގެ ފުވައްމުލަކު، އަލުވިމާގެ، ފަރަޝް އަކީ މިފަހަރުގެ އައިޑަލްގެ ބެލެނުންތެރިންގެ ނަޒަރު އެންމެ ބޮޑަށް ހުއްޓިފައިވާ އެއް ބައިވެރިއާއެވެ. ޚާއްސަކޮށް އޭނާ އައިޑަލްގެ އެހެން ބައިވެރިންނާއި މެދު ބަހައްޓާ އޯގާތެރިކަމާއި ކުލުނަކީ ފާހަގަކޮށް ދޫކޮއްނުލާ ވަރުގެ ކަމެއް ނޫނެވެ.

ފަރަޝް މިވަނީ ފަސޭހަ ކަމާއި އެކު ގަދަ 10 ކަށަވަރުކޮށްފައެވެ. ފުވައްމުލަކު ރައްޔިތުންގެ އުއްމީދުތަށް ހަޤީގަތަކަށް ހެދުމަށް ސަޕޯޓަރުންގެ އެހީތެރިކަމާއި އެއްބާރުލުން ނިހާޔަތަށް ފަރަޝްއަށް ބޭނުންވެއެވެ. އެންމެ އެސް އެމް އެސް އަކުން ވެސް ނަތީޖާ ބަދަލުވެދާނެކަން ގަބޫލުކޮށް ފަރަޝްއަށް އެހީތެރިވެދެއްވާ!

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !