A wide advertisement which will be shown on all devices. (700 x 100)

“އަފުން އެކަލް”

މަރިޔަމް އަބްދުލް މަންނާން

ކުދު އެޅަ ދުވަހިގެ ހަނދާންތެކެން، ކުރިއެން ކެރީހައި ކަންތެކެން
ކުދު މިންވަރަށް ލޭލަންނަ ކަމަހަ، ފަށަނީ މަގައި ހީށި ފެންވަރެން
އެ ހަނދާންތެކެއި އެތެރެއި އަބަދު، ފީނޭ ނިކަން މާ ފުން ކަނޑެއި
އެހަނދާންތެއްކާ ވަކިއެން ދުރެއި، ފަޅި އެއްސިކުންތަސް ނިހިށެވޭ
އެ ދުވަހި ދިމާވީ ހާދިސާ، ނެރެދައްކޮވާލީހައި މަޖާ،
މި ދުވަހި އަލެން ފަށަމާ ކެރަންނަ، އަލްހިއްވަރަށް ލާގެން ނިކަން
“ފަޖިރި މުޑޭށި” އަވެޑާން އެއާހޮ، އެއްތެތި ހަމާށަ ބެހާ ނިމީން
އަތިރަހަ ބާދެންހިށުއަނީ، “ވައިދަރޮ” ފުޅޭފި އިހަލް ހުވަންނަ
ގެހެ ގެސްގެހާ ބަޑަލާ ނިވޭނ، ދުވަހެއު އުޑެން މެދެގެށަ ނިއޭ
ގެހެކުރިއެ އޮލޮއުން ޗައްޕަލްކުބާ އެކަހަލަ ނިކަން ގިނަ ލަނޑޮ ލިބޭ
ސިއްރެން ވަގަހަ ސާމާން ނަގާން، ފޮރޮއަންނަ އެތެރަހަ ޖަނގިޔައި އެޑާން
އިހަމުން ފިލެ ރައްކަލްވެނީ، ފަޚުރަށްކަމަހަ ދެކެގެން އެކަލް
ކޭލެބަޑޮ އެށި ފަން ހުވާން، އެއްމެން ވެގެން “ކުދުގޭ” ހަދާން
ވެލިދޮންހުދު އެތެރަހަ އެޑާން، ތިބެ ކެޅެނައީ ކުޅި ރަސްގެފާނެ
ކުޅިވަރިގެ އެތެރެއި މިޅި ދުވާލް، ދުއްވާލަނީ ފިކުރަށް ނިކޯ
ކުޅިވަރިގެ އެތެރެން ވިއަސް، ކެޅިމާ ނިކަން “އިސްކޫލް” ކުޅި
ކުޅިވަރޮ ކެޅެ ނިމީ ހަދާން، ގެށަގޮހޮ ވެނދޭ ކަންނިއެނގެނީ
ފުނިވަރޮ އަމާ ފަށަނީ ގަނަންނަ ރަށި މިޅި އެތެރެ ދުވަންނަ ހެދީ
ކެޅެނަހަ ދެނެކި ނިގިއެންނެނައެ، ބެނެ އަދި ނިނިމެނީ އާ އެކީ
ކޮޑައުން ކޮނދާ ފަށަނީ ދެންނަ، “ބޭރަހަ އަމާ ގޭއްމާ ބައޭ”

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !