15 އޯގަސްޓް 2018 (ބުދަ)


އޮޓޯ ކަރެކްޓްގެ ޝިކާރައަކަށް ނައޯމީ

ޝަރަފުއްދީން އަލީ ޒަހީރު
ނައޯމީ ކެމްބެލް

ނައޯމީ ކެމްބެލް

ސްމާޓް ފޯންތަކުގެ ކީބޯޑުގައި ހުންނަ އޮޓޯ ކަރެކްޓަކީ ވަރަށް ގިނަ މީހުނަށް ލަނޑު ލިބޭ އެއްޗެކެވެ. އެއާ ހުރެ، އެކު އުޅުނު ޖޯޑުތައް ވަކިވެފައި އެބަހުއްޓެވެ. ދެމަފިރިން ވަރިވެފައި އެބަހުއްޓެވެ.

މިކަން ބޮޑަށް ދިމާވަނީ އިނގިރޭސި ކީބޯޑުން ބޭރު ބަސްބަސް ލިޔަން އުޅޭ ފަހަރުއެވެ. ކޮންމެ އަކަސް މިފަހަރު އޮޓޯ ކަރެކްޓްގެ ޝިކާރައަކަށްވެފައި މިވަނީ ފިލްމީ ތަރި އަދި މަޝްހޫރު އިނގިރޭސި މޮޑެލް ނައޯމީ ކެމްބެލް އެވެ.

ނައޯމީ އޮޓޯ ކަރެކްޓްގެ ޝިކާރައަކަށް ވެފައި މިވަނީ، ޕާކިސްތާނުގެ ޒުވާން އެކްޓިވިސްޓް މަލާލާ ޔޫސުފަށް ނޮބެލް ޕީސް ޕްރައިޒް ދޭން ނިންމުމން އެކަމަށް މަރުޙަބާ ކިޔައި ފޮނުވި ޓްވީޓަކުންނެެވެ. މި ޓްވީޓުގައި ނައޯމީ އަށް މަލާލާގެ ނަން އޮޅިގެން ލިޔެވިފައިވަނީ "މެލޭރިޔާ" މިހެންނެވެ. "#ނޮބެލްޕީސްޕްރައިޒް ލިބޭތީ މެލޭރިޔާ އަށް މަރުޙަބާ!" ނައޯމީގެ ޓްވީޓުގައި ވެއެވެ.

ނައޯމީގެ ޓްވީޓު

އޮޅިގެން ނުބައިކޮށް ނަން ލިޔެވިފައި އޮތަަސް، މަލާލާއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ނައޯމީ މަރުޙަބާ ކިޔުމަކީ މުނިފޫހިފިލުވުމުގެ ޚަބަރު ކަވަރުކުރާ މީހުން ނިކަން ފާހަގަކުރާ ކަމެކެވެ. އަދި ބައެއް މަޝްހޫރު އެހެން ފަންނާނުނާ ޚިލާފަށް ނައޯމީ އޭނާގެ ޓްވިޓަރ އެކައުންޓު އަމިއްލައަށް ހިންގުމަކީ އޭނާގެ ހިތްތިރިކަން ކަމަށް ފާހަގަކުރެއެވެ.

މަލާލާ މަޝްހޫރުވެފައި ވަނީ ޕާކިސްތާނުގެ ރަށްފުށުގެ ހިސާބުގެ އަންހެން ކުދިންނަށް ކިޔެވައިދިނުމަށް ބާރުއަޅާ އެކްޓިވިސްޓެއްގެ ގޮތުގައެވެ. ޓީނޭޖު ގެ ޢުމުރު ގުނަމުންދާ މަލާލާއަކީ ޠާލިބާނުންގެ އަމާޒުފަތްގަނޑަކަށް ވެފައިވާ ކުއްޖެކެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!