20 އޯގަސްޓް 2019 ( އަންގާރަ )

ވާހަކަ -“އެހެނަސް މައާފްކުރޭ”

– މަރިޔަމް އަޚްމަދު (މަރިކްސް) –

ކޮޓަރި ތެރޭ ފަންކާ ފުލްކޮށްފާހުރި އިރުވެސް އަހަންނަކަށް އެއިން އެއްވެސް ފިނީގެ އަސަރެއް ވާހެނެއް ހިއެއް ނުވެއެވެ.މުޅިމީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ކުރެވުނީ ކިހާވަރުގެ ކުށެއްކަން މިއަދު އިހުސާސް ވާފަދައެވެ. އާއެކެވެ! އަހަރެންނަށް މިއަދު ކުއްކުރެވިއްޖެއެވެ. ކުރެވުނީ އަހަރެން ގަބޫލް ކުރަ ގޮތުގައި ކުޑަ ކުށެއްވެސް ނޫނެވެ. ބޮޑުކުށެކެވެ.

އާލިއާ ދޫކޮށްލީ އޭނަ ދެކެ އަހަރެން ލޯބި ނުވާތީ އެއް ނޫނެވެ. ނަމަވެސް އޭނައަށްވެސް ހަގީގަށް އެގޭ ދުވަހަކުން އަހަރެންދެކެ ރުޅިއަންނާނެއެވެ. ފޫހިވާނެއެވެ. ދޫކޮށްލަނެއެވެ. އެއީ އހަރެންނަށް ނޭނގި ކުރެވުނު ކުށެއްވެސް ނޫނެވެ. އެނގި ހުރެއެވެ. މޭނގުނީ އެއީ އަހަރެންގެ ހަޔާތުގައި ހެދުނު އެންމެ ޅައެތި ކަމެވެ. ނަމަވެސް މިއަދު ކުރާނީ ކީއް ހެއްޔެވެ؟ ކުއްކުރެވިއްޖެއެވެ. ކުއްކުރެވުނީތީ ލިބެންޖެހޭ ސަޒާ މިއަދު އަހަރެންނަށް ދަނީ ލިބެމުންނެވެ. މިއަދު ކުރާނީ ކީއްހެއްޔެވެ؟

އާލިއާ އާއި އަހަރެން ލޯބީގެ ގޮތުން ގުޅުނީ މީގެ އަހަރެއް ކުރިންނެވެ. އެއަށްވުރެ ކުރިން އަހަރެން އެއްވެސް ކުއްޖަކާ ލޯބީގެ ގޮތުން ގުޅިފައެއް ނޯންނާނެއެވެ. އާލިއާ އަކީ އެންމެ ކުޑައިރުއްސުރެން ވެސް އަހަރެންގެ އެންމެ ގާތް ރަހުމަށްތެރިޔާއެވެ. ސޮކޫލް އުޅުނު އެންމެ ފަހު އަހަރު އަހަރެންގެ ހިތުގައި އޭނާއަށް ޓަކައި އުތުރިގަށް ޖަޒްބާތަކީ ލޯބިނޫން ދެވަނަ އެއްޗެކޭ ނުބުނެވޭނެއެވެ. ނަމަވެސް އެރު ބުނަން ނުކެރިފައި އިނީ ރަހުމަށްތެރިކަމަށް ބުރޫއަޅާފާނެތީއެވެ. އާލިއާ ސުކޫލު ނިއްމުމަށް ފަހު މެލޭޝިއާއަށް ދެއަހަރު ދުވަހުގެ ކޯހަކަށް ދިއުމަށްފަހު އެނބުރި ރަށަށް އައިސް އަހަރެންނާ ބައްދަލް ކުރުމަށްފަހު އިސްވެ އަހަރެންނަށް ލޯބި ހުށައެޅީ އާލިއާއެވެ. އަހަރެންނަށް އެ ދުވަހު އުފަލުން ގޮސް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގުނެވެ. އެއަށްފަހު އަހަރެމެންގެ ދެ މީހުންވެސް އުޅެމުން ދިޔައީ ނިކަން ލޯބިންނެވެ. ދެ އާއިލާގެވެސް ގަބޫލުގައެވެ.

ނަމަވެސް އަހަރެއް ފަހުން އަހަރެން ހުންނަ އޮފީހައް އަލައްވަން ކުއްޖެއްގެ ސަބަބުން އަހަރެންނަށް ވަރަށް ބޮޑެތި ބަދަލްތައް އަންނަންފެށިއެވެ. އަހަރެންނަށް ޒާރާއާއި އެކީ ގިނަ ވަގުތު ހޭދަވާން ފެށިއެވެ. އޭނައާއި އެކީ ނުބާއްވަން ޖެހޭ ގުޅުންވެސް ބޭއްވެން ފެށިއެވެ. ނަމަވެސް ދުވަސް ކޮޅެއް ކޮށްލާފައި ޒާރާ އޮފީހައް އައުން ހުއްޓާލާފިއެވެ. ވީ ކީއްތޯ ބަލަން ޒާރާގެ ފޯނަށް ގުޅުއިރު އޭނާގެ ފޯން އޮތީ ނިއްވާލާފައެވެ. ދެން ބެލީ އޮފީސް ތެރޭން އޭނާއާއި ބެހޭ އެއްވެސް ވާހަކައެއް އިވޭތޯއެވެ. ނަމަވެސް އެންމެ ފުރަތަމަ ދުވަހުވެސް ޒާރާއާއި ބެހޭގޮތުން އިވުނު ވާހަކައިން, އަހަރެންގެ ފައި ދަށުން ބިންގަޑު ދަމާގަތްހެން ހީވިއެވެ. އަހަރެން އުޅޭ އޮފީހުގަ އުޅޭ ދިޔާންގެ ބަޔަށް ވަން އިރު އޭނަ އޮފީހުގެ އެހެން ކުއްޖެއްގެ ގާތު ދައްކަން ހުރި ވާހަކައެކެވެ. ޒާރާ ނުގޮސް ހުއްޓާލީއެއް ނޫންކަން އެގުނީ އެދުވަހު އެވެ. އޭނާ އެ އޮފީހުން ކަޑާލީއެވެ. އެވެސް އޭނާ ގައިގާ ހުރި ނުރައްކާތެރި ބައްޔެއްގެ ސަބަބުންނެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޮފީހުގައި ކުޑަ ވަގުތު ކޮޅެއްވެސް މަޑުކޮށްލުމެއް ނެތި ބާރު ބާރައް ހިނގާލާފައި އަހަރެން ދިޔައީ އައި.ޖީ.އެމް.އެޗަށެވެ. ގޮސް ފުރަތަމަވެސް ޓެސްޓު ހަދާލީއެވެ. ލިބުނު ނަތީޖާއިން ހިތް ނުތަނަވަސް ވެގެން އެމެޖެންސީކޮށް ޗުއްޓީ ނަގައިގެން ދިޔައީ އިންޑިއާއަށެވެ. ނަމަވެސް އެތަނުންވެސް ލިބުނީ ހަމަ އެއްޖަވާބެކެވެ.
ދެން ކުރާނެ ކަމެއް ނެތެވެ. ދެން މިވީ ގޮތުން މުޖުތަމައުގައި އަހަރެންނަކީ ބޭކާރުމީހަކަށް ވެއްޖެއެވެ. ވަގުތުން އަހަރެން, އާލިއާ އަށް ގުޅާފަ އޭނައާއި އެކީ އުޅެން ބޭނުން ނުވާ ވާހަކަ ބުނީމެވެ. އޭނަ ދެރަވާނެ ވަރު ނޭގެނީއެއްނޫނެވެ. އެގެއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. މިއަދު އެނޫންގޮތެއް ނެތެވެ. އިންޑިއާގައި ހުރެ އަހަރެން އޮފީހުން ކެޑުނީމެވެ. އެއަށްފަހު އައީ ރަށަށެވެ. ގެއަށް ގޮސް ވަނުމާއެކު އިވުނީ މަންމަ މެންގެ ޝަކުވާތަކުގެ އަޑެވެ. ނަމަވެސް ބީރު ކަންފަތެއް ދެމުން އަހަރެން ގޮސް ވަނީ ކޮޓަރިއަށެވެ.

ހިޔާލް ތަކުން އަހަރެންނަށް ހޭލެވުނީ މީހެއް ދޮރުގައި ޓަކިޖަހާލުމުންނެވެ. ނަމަވެސް އަހަރެން އެ ދޮރު ހުޅުވަން ދާކަށް ހިޔާލެއް ނުކުރަމެވެ. އަދި ދޮރުގައި ޓަކި ޖަހާ މީހެއް ކައިރީ އެތެރެއަށް ވަނުމަށްވެސް ނުބުނަމެވެ. އިރުކޮޅަކުން ޓަކީޖެހީ މީހާ ޓަކިޖެހުން ހުއްޓާލާފައި ދޮރު ހުޅުވާ އެތެރެއަށް ވަނެވެ، އެއީ އާލިއާ އެވެ. އާލިއާ ފެނުމުން އަހަރެން ފެންކަޅިވިއެވެ. އާލިއާ އައިސް އަހަރެން އޮށޯވެގެން އޮތް އެދުގެ މަގަތުގައި އިށީންދެ ރޯން ފެށައިފިއެވެ. ނަމަވެސް އަހަރެންނަށް އާލިއާ ގާތު ހުއްޓާލާކަށް ވެސް ބުނެ ނުލެވުނެވެ. އާލިއާ އިރުކޮޅަކު ރޯން ހުރުމަށްފަހު ވާހަކަ ދައްކަންފެށީ ގިސްލަ ގިސްލާ ހުރެއެވެ. އޭނަ ގިސްލަ ގިސްލާ ހުރެ ކުރީ އެންމެ ސުވާލެކެވެ.

“ދާނިޝް އެވެ. އަހަރެން ދޫކޮށލީ އަހަރެންގެ ކޮންކުށެއް އޮވެގެން ހެއްޔެވެ؟”އެވަގުތު އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ. އެވަގުތު އަހަރެންގެ ހިތްބުނީ ހަގީގައް އާލިއާއަށް ހާމަ ކޮށް ދިނުމަށެވެ. އެހެންކަމުން އެދުން ތެދުވެ އިސްޖަހާލައިގެން ހުރެ ކަންތައްތައް މިހާ ހިސާބައް ދިޔަގޮތް އެންމެ އަކުރެއް އަދި ފިއްޔެއްވެސް ވައްޓާނުލާ ކިޔާދޭން ފެށީމެވެ. ވާހަކަތައް ނިއްމާލަމުން އަހަރެން އާލިއާ ގާތު ބުނީމެވެ.

“އާލިއާއެވެ . އަހަރެން އަދިވެސް އާލިއާދެކެ އިންތިހާއަށް ލޯބިވަމެވެ. ނަމަވެސް އަހަރެންނަކީ މިއަދު އެއިޑުސް ބަލީގެ މީހަކީމެވެ. އަހަރެންނަށް ކުރެވުނީ ބޮޑު ކުށެކެވެ. ނަމަވެސް އާލިއާ އަހަރެންނަށް މައާފް ކުރާށެވެ. އަހަރެންނަށް އެގެއެވެ. އާލިއާ އަހަރެންނާއެކީ އުޅެން ފޮނި އުއްމީދުތަކެއް ކުރި ކަމެވެ. އެވަގުތު އާލިއާ ގިސްލަމުން އަހަރެން ގައިގާ ބައްދާލަމުން ބުނެލިއެވެ.
“ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އެންމެ ހެވެ. އަހަރެން ދާނީޝްގެ މަރު ދުވަހާ ޖެހެންދެންވެސް ދާނިޝް އަށް އެހީތެރި ވާނަމެވެ. އަހަރެން އެއަށްވުރެ ބޮޑަށް ލޯބި ވެއެވެ. އެވަގުތު އަހަރެން ވަރަށް އުފާވެސް ވިއެވެ. ހަމަ އެހާމެ ދެރަވެސް ވިއެވެ. ސަބަބަކީ އަހަރެން އެންމެ ބަލިކަށި ވީދުވަހު އާލިއާ އަހަރެން ދޫކޮށްދާން ބޭނުން ނުވީމައެވެ. ނަމަވެސް ދެރައީ މިއަދު އަހަރެންނަށް އާލިއާ އަށް އެވެސް ކަމެއް ކޮށް ނުދެވޭނެތީއެވެ.ނަމަވެސް މިހާރު އަހަރެންގެ ހިތައް ކުޑަނަމަވެސް ފިނި ކަމެއް ލިބިއްޖެއެވެ.


ކިޔުންތެރިންގެ ޚިޔާލު