21 ސެޕްޓެމްބަރ 2017 (ބުރާސްފަތި)


އެންމެ ބޮޑު އާމްދަނީ ލިބޭ ބަތަލާއިންގެ ތެރޭގައި އިންޑިއާގެ ދިޕިކާ އާއި ޗައިނާގެ ފާން

ފަސްވަނަ އަށް އެންމެ ބޮޑު އާމްދަނީ އެއް ހޯދި ބަތަލާ ޗައިނާގެ ފާން، ފޮޓޯ: ފޯބްސް

ފަސްވަނަ އަށް އެންމެ ބޮޑު އާމްދަނީ އެއް ހޯދި ބަތަލާ ޗައިނާގެ ފާން، ފޮޓޯ: ފޯބްސް

ފޯބްސް އިން މީގެ ދެދުވަސް ކުރިން އާންމުކުރި އެންމެ ބޮޑު އާމްދަނީ ލިބޭ ދިހަ އެކްޓްރެސް ތެރޭ އޭޝިއާގެ ޗައިނާގެ ފާން ބިންގ ބިންގ އާއި އިންޑިއާގެ ދިޕިކާ ޕަދުކޯން ހިމެނިއްޖެއެވެ. މިލިސްޓުން އެއްވަނަ ލިބުނީ 46 މިލިއަން ޑޮލަރު ފާއިތުވީ އަހަރު ލިބުނު ހޮލީވުޑްގެ ތަރި ޖެނިފާ ލޯރެންސް އަށެވެ. ހަންގާ ގޭމްސް: މޮކިންޖޭ ޕާޓް 2 ގެ އިތުރަށް އަންނަ ޑިސެމްބަރު މަހު ރިލީޒް ކުރާ "ޕެސެންޖާސް" ވެސް ގެ ބަތަލާ ޖެނިފާ، (26އ) އެންމެ ބޮޑު އާމްދަނީ ހޯދި ބަތަލާއަކަށް ވުމަށް މިދެފިލްމް އެހީތެރިވެދިން ކަމަށް ބެލެވެއެވެ. 

ޖެނިފަގެ ފަހަތުން އެއްއަހަރުތެރޭ 33 މިލިއަން ޑޮލަރު ހޯދައިގެން މިރޭހުގެ ދެވަނަ ހޯދި ބަތަލާއަކަށް ވެގެން ގޮސްފައިވަނީ "ގޯސްޓްބަސްޓާޒް" އިން ފެނިގެން ދިޔަ 45 އަހަރުގެ ބަތަލާގެ މެލީސާ މެކަތީ އެވެ. "މައިކް އެންޑް މޯލީ" ގެ ބަތަލާ ސްކާލެޓް ޖޮހަންސަން އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އާމްދަނީ ކަމަށްވާ 25 މިލިއަން ޑޮލަރު މިފަހަރު ހޯދައިގެން މިލިސްޓްގެ 3 ވަނަ ހޯދިއެވެ. 

ފިލްމް އިންޑަސްޓްރީގެ ރަސްކަން ކުރަމުންދާ އެމެރިކާގެ ރައްޔިތުން ފަހަތަށް ޖައްސާލުމަށްފަހު މިލިސްޓްގެ 5 ވަނަ ހޯދާފައިވަނީ 17 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި "އެކްސްމެން" ޑޭސް އޮފް ފިއުޗަރ ޕާސްޓް" ގައި ހަރަކާތްތެރިވެފައިވާ ސީނުކަރައިގެ ފާން ބިންގ ބިންގ އެވެ. މިއީ ފަން މިލިސްޓްގައި ހިމެނޭ ދެވަނަ ފަހަރު ކަމަށްވީ ނަމަވެސް ފަން ގެ އިތުރުން އިތުރު ސީނުކަރައިގެ ރައްޔިތަކު މިލިސްޓްގައި ނުހިމެނެއެވެ. ފަން ގެ ފަހަތުން 6 ވަނަ ހޯދާފައިވަނީ 16.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި (ސައުތު އެފްރިކާ، ޔޫއެސް) ދެގައުމުގެ ރައްޔިތެއްކަމަށްވާ ޗާލީޒް ތެރޯން އެވެ. ބޮލީވުޑްގެ ބަތަލާއަކު އަލަށް މިއަހަރު މިލިސްޓް ޖާގަ ހޯދުމުގެ ޝަރަފު ހާސިލު ކުރީ އާމްދަނީގެ ގޮތުގައި 10 މިލިއަން ޑޮލަރު ފިލްމުތަކާއި އިޝްތިހާރު ތަކުން ހޯދި އިންޑިއާގެ ދިޕިކާއެވެ. މުޅި ލިސްޓަށް ބަލާއިރު މިލިސްޓްގެ 30 އިންސައްތައަކީ އެމެރިކާނޫން ގައުމުތަކުގެ ރައްވެހިންނެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!