14 ނޮވެމްބަރ 2018 ( ބުދަ )

banner

މިދިޔަ ހޯމަ ދުވަހު އެކްސިޑެންޓްގައި އަނިޔާވި 15އ ކުޑަކުއްޖާ މާލެ ގެންދަނީ

އެކްސިޑެންޓްވި ކުއްޖާގެ ފައިގެ ނާރުތައްވަނީ ހަލާކުވެފައި

ފުވައްމުލަކުގައި 31 އޯގަސްޓް 2014 ވި ހޯމަ ދުވަހު ހިނގިި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ކުއްޖާގެ ފައިގެ ނާރުތައްވަނީ ހަލާކުވެފައިވާކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އާއިލާ އިން ބުނެފިއެވެ.

އެކުސިޑެންޓްވި ކުއްޖާގެ އާއިލާ މީހަކު ބުނިގޮތުގައި އެކުއްޖާގެ ވާތު ފައިގެ ކުދި ނާރުތައް ހަލާކުވެފައިވާ ކަމަށާއި އެކަން ރަނގަޅުވުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށް ޑޮކްޓަރުން ވިދާޅުވާކަމަށެވެ.

އެކުސިޑެންޓްވި ކުއްޖާ މާލެ ގެންގޮސް މިހާތަނަށް ދެ އޮޕަރޭޝަން ކޮށްފައިވެއެވެ. އެގޮތުން ކުއްޖާގެ ވާތު ފައިގެ އޮޕަރޭޝަނަކާއި ކަނާތު އަތުގެ އޮޕަރޭޝަނެއްވަނީ ކޮށްފައެވެ. އެކްސިޑެންޓްގައި ޒަހަމްވި އުމުރުން 15 އަހަރުގެ އެކުއްޖާގެ ކަނާތު އަތުގެ ކުޑަހުޅުން މަތިން ވަނީ ބިންދައިގެން ގޮސް ކަށިގަނޑު ނިކުމެފައެވެ.

މި އެކްސިޑެންޓް ހިނގިއިރު ސައިކަލު ދުއްވަން އިނީ އުމުރުން 15 އަހަރުގެ ކުއްޖެއް ކަމަށާއި އެވަގުތު ސައިކަލުގެ ފަހަތުގައި 18 އަހަރުގެ ކުއްޖެއް އިން ކަންވެސް މިކަލް ނޫހަށް ވަނީ ކަށަވަރު ވެފައެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ފުވައްމުލަކު ފީނދިފަންނު މަގުން ބޯޅަ ދަނޑާ ދިމާލަށް ދުއްވާފައި ދިޔަ ސަަައިކަލެއް އެމަގުގެ ކަންމަތީގައި ހުރި ބޭސް ފިހާރައެއްގެ ފާރުގައި ޖެހިގެންނެވެ. އަދި އެ އެކްސިޑެންޓުގައި އަނިޔާވި 15 އަހަރުގެ ކުއްޖާގެ ކަނާތުފައި ވަރަށް ބޮޑަށް ޒަހަމްވެ ކަނާތު އަތުގެ ކުޑަހުޅުން މަތިން ވަނީ ބިންދައިގެން ގޮސް ކަށިގަނޑު ނިކުމެފައެވެ. ސައިކަލް ފަހަތުގައި އިންކުއްޖާއަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ފުވައްމުލަކުގައި ދޭތެރެ ދޭތެރެއިން ނުރައްކާތެރި އެކުސިޑެންޓްތައް ހިނގަމުން އަންނައިރު ގިނަ އެކުސިޑެންޓްތަކަކީ ބާރު ސްޕީޑްގައި ވެހިކަލް ދުއްވުމުގެ ސަބަބުން ކުރިމަތިވާ އެކްސިޑެންޓްކަން ފާހަނގަކުރެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު