14 ނޮވެމްބަރ 2018 ( ބުދަ )

banner

ހޮސްޕިޓަލް މަރާމާތު ކުރުމަށް ހައިޓެކް މޯލްޑިވްސް އާއި ހަވާލުކޮށްފި

ޏ.އަތޮޅު ހޮސްޕިޓަލް މަރާމާތު ކުރުމަށް ހައިޓެކް މޯލްޑިވްސް އާއި މިއަދު ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެ ޕްރޮޖެކްޓު ހައިޓެކް މޯލްޑިވްސް އާއި ހަވާލު ކޮށްދެއްވާފައި ވަނީ އެ މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނެވި ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެވެ.

ކޮންޓްރެކްޓަރުންނާއި ދާއިރާތަކުގެ މަޖިލިސް މެމްބަރުންގެ ހާޒިރުގައި ބޭއްވި މިރަސްމިއްޔާތުގައި ފުވައްމުލަކު އަތޮޅު ހޮސްޕިޓަލް މާރާމާތު ކުރުމުގެ އިތުރުން ދެ ހޮސްޕިޓަލަކާއި ހަ ސިއްހީ މަރުކަޒެއް މަރާމާތު ކުރުމަށް އެކިއެކު ފަރާތްތަކާއި ހަވާލުކުރެވުނެވެ. މި ޕްރޮޖެކްޓްތަކަކީ ސަރުކާރުގެ ބަޖެޓުން 4،011،236 ދިވެހި ރުފިޔާ ހަރަދުވާނެ ޕްރޮޖެކްޓެކެއްކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު