A wide advertisement which will be shown on all devices. (700 x 100)

ދިގުވާނޑު ކައުންސިލުން އައުޓްޑޯ ޖިމެއް ހުޅުވައިފި

ދިގުވާނޑު ކައުންސިލުން ހަދާފައިވާ އައުޓްޑޯ ޖިމް. 2016

ފުވައްމުލަކު ދިގުވާނޑު ކައުންސިލުން މުޅިރަށުގެ ރައްޔިތުންނަށް ހިދުމަތްދޭ ގޮތަށް އައުޓްޑޯ ޖިމެއް ހުޅުވައިފިއެވެ.

ދިގުވާނޑު އަވަށުގައި ކުރިކެޓް ސްޓޭޑިއަމްގެ ކައިރީގައި “ފިޓްނަސް ޕާކް” ނަމުގައި ހަދާފައިވާ ޖިމް އިއްޔެ ހުޅުވާ ހިދުމަތްދޭން ފައްޓާފައިވެއެވެ. އެގޮތުން އިއްޔެވަނީ އެކަމަށް ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.

ގިނަ އަދަދެއްގެ އިކުއިޕްމަންޓްތަކާއި އެކު ހުޅުވި ޖިމްގައި ހުރިހާ އުމުރުފުރައެއްގެ ބަޔަކަށް އާންމުކޮށް ހުޅުވާލާފައިވެއެވެ. މިއީ ފުވައްމުލަކުގައި ހުޅުވި މިފަދަ ފުރަތަމް އައުޓްޑޯ ޖިމްކަން ފާހަނގަކުރެވެއެވެ. ދިގުވާނޑު ކައުންސިލުން ވިދާޅުވީ މިއީ ރަށުގެ ހުރިހާ އުމުރުފުރައެއްގެ ރައްޔިތުން ދުޅަސިއްހަތެއްގައި ބައިތިއްބުމަށް ކުރެވުނު މަސައްކަތެއް ކަމަށާއި ޖިމްގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފުމަށް އެކައުންސިލުން އެދިލެއްވިއެވެ. 

ދިގުވާނޑު ކައުންސިލުން އިތުރަށް ވިދާޅުވީ މިއަދު ހަވީރުވެސް ކަސްރަތާއި ބެހޭ ހާއްސަ ކުލާހެއް ކޮލިފައިޑް އިންސްޓަރަކްޓަރުންނާއި އެކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި ވީހާވެސް ގިނަބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ދިގުވާނޑު ކައުންސިލުން ހިނަވާ ގެއަކާއި އެކު މޯޗަރީއެއްގެ މަސައްކަތްވެސް މިހާރު ކުރަމުން އެބަގެންދެއެވެ. އަދި އެކައުންސިލުންވަނީ އަރުއްފަންނު ގައި ބާބެކިއުއާއި އެކު އެފަންނު ބޭނުންކުރެވޭގޮތަށް ތަރައްގީކޮށްފައެވެ. މީގެ އިތުރުން ކުޑަކުދިންގެ ޕާކަކާއި ލައިބްރަރީއެއްގެ ހިދުމަތްވެސް އެކައުންސިލުން ދެމުން ގެންދެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !