A wide advertisement which will be shown on all devices. (700 x 100)

5އަހަރު ކުރިން ފުވައްމުލަކު އެއާޕޯޓްގައި ފްލައިޓެއް ޖެއްސުމުން ލިބެމުންދާ އުފަލުގައި ބައިވެރިވަން – ރައީސް ނަޝީދު

މި ފަހުގެ ތާރީހުގައި ފުވައްމުލަކު ރައްޔިތުން އެންމެ އުފާވެރި އެއް ދުވަހަކީ މީގެ 5 އަހަރު ކުރީން 31 އޮކްޓޯބަރ 2011 ވަނަ ދުވަހު އެވެ.

ފުވައްމުލަކު ރައްޔިތުން އެތެއް ޒަމާނެއް ވަންދެން ދެކެމުން އައި ހުވަފެން ހަޤީގަތަކަށް ވެ، ފުވައްމުލަކުގައި އެއާޕޯޓެއް، އެންމެ ހަމަސް ދުވަހުގެ ތެރޭގައި ޤާއިމުކޮށް، ފުރަތަމަ ޓެސްޓް ފްލައިޓް ފުވައްމުލަކު އެއާޕޯޓުގައި ޖެއްސި ދުވަހެވެ.

މިއަދު ފުވައްމުލަކުގެ އެއާޕޯޓުގެ ބޭނުން ކުރަން ފެށުނުތާ 5 އަހަރު ވެފައިވާއިރު، ފުވައްމުލަކު އެއާޕޯޓުގެ ބާނީގެ ގޮތުގައި ގިނަ ރައްޔިތުން ދެކެމުން އަންނަ އޭރުގެ ރައީސް މުހައްމަދު ނަޝީދުވަނީ ފުވައްމުލަކު އެއާޕޯޓުގައި ފުރަތަމަ ފަހަރަށް ފްލައިޓެއް ޖެއްސިތާ ފަސް އަހަރު ފުރުމާއި ދިމާކޮށް ޓްވީޓެއް ކުރައްވާފައވެ. ނަޝީގެ ޓްވީޓުގައި އެންމެ ފުރަތަމަ ފްލައިޓެއް ޖެއްސުމާއި އެކު ފުވައްމުލަކު ރައްޔިތުންނަށް ލިބެމުންދާ އުފަލުގައި އެމަނިކުފާނު ބައިވެރި ވެ ވަޑައިގަންނަވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

“މީގެ 5 އަހަރު ކުރީން މިއަދު ފުވައްމުލަކު އެއާޕޯޓުގައި އެންމެ ފުރަތަމަ ފްލައިޓެއް ޖެއްސުމާއި އެކު ފުވައްމުލަކު ރައްޔިތުންނަށް ލިބެމުންދާ އުފަލުގައި ބައިވެރިވަން” ނަޝީދުގެ ޓްވީޓުގައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !