31 މެއި 2020 ( އާދީއްތަ )

banner

ފިތުރު ޒަކާތް ދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއް

މެއި 21 ގެ ކުރިން ފިތުރު ޒަކާތް ދައްކަވާ!

އަންނަ ބުރާސްފަތި، 21 މޭ 2020 ގެ ކުރިން މިއަހަރުގެ ފިތުރު ޒަކާތް ދައްކާ ނިންމުމަން ޖެހެއެވެ. ފިތުރު ޒަކާތް ދެއްކުމައި ބެހޭ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނުގައި ވާގޮތުން ފިތުރު ޒަކާތް ބަލައިގަންނަ އެންމެ ފަހު ތާރީޚާކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދު 12:00 ގެކުރިން ނެވެ.

ފުވައްމުލައް ސިޓީގެ އާބާދީގައި ހިމެނޭ 1861 ގެ އިން 1144 ގެއިން މިހާތަނަށް ފިތުުރު ޒަކާތް ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާއަށް ދައްކާފައި ވާކަމަށް ވެއެވެ.

މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން ފާއިތުވި އޭޕްރީލް މަހުގެ 25 (2 ރަމަޟާން) އިން ފެށިގެން ވަނީ ހުޅުވާލާފައެވެ. އެހެން އަހަރުތާކާިއ ޚިލާފަސް މިއަހުރ ފިތުރު ޒަކާތް ބަލައިގަންނަނީ ހަމައެކަނި ފައިސާއިން އޮންލައިން ޓްރާންސްފަރގެ ގޮތުގައެވެ.

މިފަހަރު ފިތުރު ޒަޚާތަށް މީހެއްގެ މައްޗަށް ދައްކަން ޖެހެނީ؛

އާދައިގެ ހަނޑުލުގެ އަގުން ނަމަ -/12 ރުފިޔާ

ތައިލެންޑްގެ ހަނޑުލުގެ އަގުން ނަމަ -/40 ރުފިޔ

ބާސްމަތީ ހަނޑުލުގެ އަގުން ނަމަ -/80 ރުފިޔާާ

ރަތް ހަނޑުލުގެ އަގުން ނަމަ -/115 ރުފިޔާ

އާދައިގެ ފުށުގެ އަގުން ނަމަ -/10 ރުފިޔާ

އާޓާ ފުށުގެ އަގުން ނަމަ -/55 ރުފިޔާގެ މަގުންނެވެ.

ޒަކާތް ދެއްކުމާއި ގުޅެ ބައެއް މައުލޫމާތު

އެގޮތުން ސިޓީކައުނސިލްގެ އެކައުންޓް ނަމްބަރު 7711700267001 ނަމްބަރު އެކައުންޓަށް ފައިސާ ޓްރާންސަފަރު ކުރުމަށްފަހު ދެއްކި ގޮތުގެ ތަފުސީ އެކައުންސިލުގެ ނަމްބަރު 7315001 އަށް ވައިބާ ކުރުމުން ފައިސާ ބަލައިގަތް ކަމުގެ ރަސީދު އެފަރާތަކަށް ފޮނުވައެވެ.



ކިޔުންތެރިންގެ ޚިޔާލު