A wide advertisement which will be shown on all devices. (700 x 100)

ފިތުރު ޒަކާތް ބަލައިގަންނަ ސުންގަޑި މާދަމައަށް އަވަސްވެއްޖެ!

ފިތުރު ޒަކާތް ބަލައިގަތުމާއި ގުޅޭ ގޮތުން އަލުން މިއަދު ނެރެފައިވާ އިއުލާންގެ މުހިންމު މައުލޫމާތު 2020

މިއަހަރުގެ ފިތުރު ޒަކާތް ދައްކަން ޖެހޭ އެންމެ ފަހު ދުވަހަކީ މާދަމާ 20 މެއި، ވާ ބުދަ ދުވަސް ކަމަށް ފުވައްލައް ސިޓީ ކައުންސިިލުން މިއަދު އަލުން އިއުލާންކޮށްފިއެވެ.

ފިތުރު ޒަކާތް ދެއްކުމައި ބެހޭ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން އަލުން މީގެ 2 ގަޑިއެއް ހާއިރު ކުރިން ފެސްބުކްގައި ޝާއިއުކޮށްފައިވާ އިއުލާނުގައި ވާގޮތުން ފިތުރު ޒަކާތް ބަލައިގަންނަ އެންމެ ފަހު ތާރީޚާކީ މާދަމާ، ބުދަ ދުވަހުގެ މެންދުރު 12:00 ގެކުރިން ނެވެ.

 

ފިތުރު ޒަކާތް ދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއް

ފުވައްމުލައް ސިޓީގެ އާބާދީގައި ހިމެނޭ 1861 ގެ އިން 1144 ގެއިން މިހާތަނަށް ފިތުުރު ޒަކާތް ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާއަށް ދައްކާފައި ވާކަމަށް ވެއެވެ.

މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން ފާއިތުވި އޭޕްރީލް މަހުގެ 25 (2 ރަމަޟާން) އިން ފެށިގެން ވަނީ ހުޅުވާލާފައެވެ. އެހެން އަހަރުތާކާިއ ޚިލާފަށް، ކޮވިޑް-19 އާއި ގުޅިގެން މިއަހަރު ފިތުރު ޒަކާތް ބަލައިގަންނަނީ ހަމައެކަނި ފައިސާއިން އޮންލައިން ޓްރާންސްފާގެ ގޮތުގައެވެ.

މިފަހަރު ފިތުރު ޒަކާތަށް މީހެއްގެ މައްޗަށް ދައްކަން ޖެހެނީ 2.4 ކިލޯ ހަނޑުލުގ އަގަށް ވާ ފައިސާ:

އާދައިގެ ހަނޑުލުގެ އަގުން ނަމަ -/12 ރުފިޔާ

ތައިލެންޑްގެ ހަނޑުލުގެ އަގުން ނަމަ -/40 ރުފިޔ

ބާސްމަތީ ހަނޑުލުގެ އަގުން ނަމަ -/80 ރުފިޔާާ

ރަތް ހަނޑުލުގެ އަގުން ނަމަ -/115 ރުފިޔާ

އާދައިގެ ފުށުގެ އަގުން ނަމަ -/10 ރުފިޔާ

އާޓާ ފުށުގެ އަގުން ނަމަ -/55 ރުފިޔާގެ މަގުންނެވެ.

ފިތުރު ޒަކާތް ބަލައިގަތުމާއި ގުޅޭ ގޮތުން އަލުން މިއަދު ނެރެފައިވާ އިއުލާންގެ މުހިންމު މައުލޫމާތު 2020

އެގޮތުން ސިޓީ ކައުންސިލްގެ ބޭންކް އޮފް މޯލްޑިވްސް އެކައުންޓް ނަމްބަރު 7711700267001 ނަމްބަރު އެކައުންޓަށް ފައިސާ ޓްރާންސަފަރު ކުރުމަށްފަހު ދެއްކި ގޮތުގެ ތަފުސީ އެކައުންސިލުގެ ނަމްބަރު 7315001 އަށް ވައިބާ ކުރުމުން ފައިސާ ބަލައިގަތް ކަމުގެ ރަސީދު އެފަރާތަކަށް ފޮނުވައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !