A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފި

ފުވައްމުލަކު ހުޅަނގު އުތުރުކޮޅު. ފޮޓޯ: އަހުމަދު ޝަރީފު

މިއަދު ވެސް ފުވައްމުލައް ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމީ އިންޒާރުގެ ޔެލޯ އެލާޓް ނެރެފިއެވެ. މިއީ މިމަހުގެ ތެރޭގައި ފުވައްމުލައް ހިމެނޭ ސަރަހައްދަށް ނެރުނު 6 ވަނަ އެލާޓެވެ.

މިއަދު ޔެލޯ އެލާޓް ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމަށެވެ. އެގޮތުން މިއަދު ބޯކޮށް ވާރޭ ވެހުމާއެކު ގުގުރައި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ މޯލްޑިވްސް މީޓިއޮރޮލޮޖީން މުސުން ލަފާކޮށްފައި ވެއެވެ.

މިއަދު ވެސް މެންދުރު ކުރީ ފުވައްމުލައް ސިޓީއަށް ބޯކޮށް ވާރޭ ވެހިފައިވެއެވެ. އަދި މިހާރުވެސް ވަރަށް ވައިގަދައެވެ.

މިއަދުވެސް މޫސުުން ގޯސްވާެ – ޔެލޯ އެލާޓް ނެރެފި 24 މެއި 2020

މިހާރު ކުރަމުންދާ ވިއްސާރާއިގައި އިއްޔެރޭ ބޯކޮށް ވާރޭވެހި ވައިގަދަވެ މިސްކިތްމަގު ގެއެއްގެ ފުރާޅު އެއްލާފައި ވާތީ ފުވައްމުލައް ސިޓީ ކައުންސިލުގެ މުވައްޒަފުން އެގެއަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. ފުވައްމުލަކު ހުޅަނގު އުތުރު ފަރާތުން ކޮންމެވެސް ވަރަކަށް ރަށް ގިރުމުގެ އަސަަރުވެސް ފެނެއެވެ.

މިދުވަސްވަރަކީ ކޮންމެ އަހަރަކުވެސް އާމުކޮށް ފުވައްމުލައް ހިމެނޭ ސަރަހައްދަށް މުސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން މި މެއި މަހު، 18، 17، އަދި 14 ވަނަ ދުވަހު ވެސް ފުވައްމުލައް ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައި ވެއެވެ. އަދި 12، އަދި 3 މެއި ގައި ވައިޓް އެލާޓް ނެރެފައި ވެއެވެ. މިއަދާއެކު މިމަހުތެރޭ މިވަނީ މޫސުމީ 6 އެލާޓް ނެތެފައެވެ. އެއީ ރީނދޫ 4 އެލާޓް އާއި ހުދު 2 އެލާޓެވެ.

ފާއިތުވި 2019 ވަނަ އަހަރު އޮގަސްޓް މަހު މޫސުން ގޯސްވެ ފުވައްމުލަކަށް ބޯކޮށް ވާރޭ ވެހިފައި ވެއެވެ. އަދި 2018 ވަނަ އަހަރު މޭމަހު ވެސް ފުވައްމުލަކަށް އުދަ އަރާފައި ވެއެވެ. އަދި އެއަހަރު ސެޕްޓެމްބަރު މަހު ވަރަށް ބޮޑަށް އުދައަރާ ރަށުތެރެ ފެން ބޮޑު ވެފައިވެއެވެ.

ފުވައްމުލައް ސިޓީއަށް 2018 ވނަ އަހަރު ސެޕްޓެމްބަރު މަހުގައި  އުދަ އަރައި ފެން ބޮދުވެފައި ވޭ.

މިހާރު ކުރަމުން މިދާ ވިއްސާރާގައި ފުވައްމުލައް ސިޓީގެ ބައެއް ގެތަކަށް ވެސް ގެއްލުން ލިބިފައިވެއެވެ. އެގޮތުން ބޮޑެތި ގަސްތައް ވެއްޓި ފާރުތަކާއި ފުރާޅުތަކަށް ގެއްލުން ލިބުމާއި ފުރާޅުތައް އެއްލާލުން ހިމެނެއެވެ.

ވިއްސާރައާއި ގަދަވައިގެ ސަބަބުން ބައެއް ގޭގެއަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ކުރިން ހާމަކޮށްފައި ވެއެވެ. އަދި ވިއްސާރައިގައި ގެއްލުންވާ ފަރާތްތަކުން އެކަން ސިޓީ ކައުންސިލްގެ 7315001 ނަމްބަރު ފޯނަށް ގުޅުއްވައި އަންގައި ދިނުމަށް ސިޓީ ކައުންސިލުން އެދިފައިެވއެވެ.

ފުވައްމުލަކު ދެކުނު ބިތް، އަދި ގަދަވަޔާ ފުރާޅު އެއްލާލި ގެއެއްގެ ފުރާޅު ރަނގަލު ކުރަނީ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !