A wide advertisement which will be shown on all devices. (700 x 100)

ފަގީރުންގެ ގޮތުގައި ނަންނޯޓުކޮށްފައިވަނީ 241 ފަރާތެއް – ސިޓީކައުންސިލް

ފިތުރު ޒަކާތް ދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއް

މިއަހަރު ފަގީރުން ގޮތުގައި ފުވައްމުލަކު ސިޓީއިން ނަންނޯޓުކޮށްފައި ވަނީ 241 ފަރާތެއްކަމަށް ފުވައްމުލަކު ސިޓީކައުންސިލުން ބުނެފިއެވެ. ކޮންމެ އަހަރަކުވެސް ފިތުރު ޒަކާތް ބެހުމަށް ހަމަޖެހިފައި ވަނީ ފަގީރުންގެ ގޮތުގައި ނަންނޯޓު ކުރާފަރާތްތަކަށެވެ. އެގޮތުން، މިއަހަރުގެ ފިތުރު ޒަކާތް ބަހާ ނިމިފައިވާ ކަމަށް ރޯދަ މަހުގެ 30 ވަނަ ދުވަހު ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މިއަހަރު 1441 ވަނަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ފުވައްމުލަކު ސިޓީއަށް ލިބިފައިވަނީ 180،041.95 ލާރިއެވެ. ކޮވިޑް-19 އާއި ގުޅިގެން ފިތުރު ޒަކާތް ބަލައިގެންފައި ވަނީ އިންޓަނެޓް ބޭންކިން މެދުވެރިކޮށެވެ. މިއަހަރު ބޮލަކަށް ޖެހުނީ 747.06 ރުފިޔާއެވެ.

2020 ވަނ އަހަރު ފުވައްމުލައް ސިޓީ އިން ޒަކާތް ދެއްކި ގޮތް

އިސްލާމިކް މިނިސްޓްރީން މިދިޔަ މަހު ބުނެފައިވާ ގޮތުގައި އެހާތަނަށް ފަގީރުންގެ ގޮތުގައި މުޅި ރާއްޖެ އިން ރަޖިސްޓަރީވެފައި ވަނީ 8،764 މީހުންނެވެ. ރާއްޖޭގައި ފަގީރެއްގެ ގޮތުގައި ބަލަނީ މީހަކަށް ދުވާލަކު 45ރ. އަށް ވުރެ މަދުން އާމްދަނީ ލިބޭ ނަމަ އެވެ.

2020 ވަނ އަހަރު އައްޑޫ ސިޓީ އިން ޒަކާތް ދެއްކި ގޮތް

އައްޑޫ ސިޓީގައި ޒަކާތުގެ ގޮތުގައި ފަގީރުންނަށް ލިބިފައިވަނީ އެކި ރަށްރަށުގައި އެކި ވަރަށެވެ. އެގޮތުން ފަގީރަކަށް އެންމެ ގިނައިން ލިބިފައިވަީ މަރަދޫން 589 ރުފިޔާއެވެ. އަދި އެންމެ މަދުން ލިބިފައި ވަނީ ހުޅުދޫ އިން ފަގީރަކަށް 109 ރުފިޔާއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !