A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގައި ކޮވިޑް-19 އޮތްތޯ ބަލަން ސާމްޕަލް ނަގަނީ

ފުވައްމުލަކު ހޮސްޕިޓަލުގެ ރެޕިޑް ރެސްޕޮންސް ޓީމު

ފުވައްމުލައް ސިޓީގައި ކޮވިޑް-19 އޮތްތޯ ބެލުމަށްޓަކައި ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތް މިއަދާއި މާދާމާ، ފުވައްމުލަކު ހޮސްޕިޓަލްގެ ކޮވިޑް “ރެޕިޑް ރެސްޕޮންސް ޓީމު” (އާރު.އާރު.ޓީ) އިން ކުރިޔަށް ގެންދާނެ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެއެވެ.

ފުވައްމުލައް ސިޓީއިން 100 މީހެއްގެ ސާމްޕަލް ނަގާގޮތަށް ހަމަޖެހިފައި ވެއެވެ. ސާމްޕަލް ނެގުމަށް ހަމަޖެހިފައި ވަނީ އެކި އުމުރު މީހުން ހިމެނޭ ގޮތަށެވެ.

އެގޮތުން ސަމްޕަލް ނަގަނީ ރެންޑަމް ކޮށް ކަަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. ރެންޑަމް އުސޫލުން ވެސް ސާމްޕަލް ނަގާ ތަފާތު ގޮތްތަކެއް ހުރެއެވެ. އެގޮތުން ކްލަސްޗާ ރެންޑޮޮމް ސާމްޕަލިން، ސްޓްރެޓިފައިޑް ރެންޑަމް ސާމްޕަލިންއާއި، ސިސްޓަމެޓިކް ސާމްޕަލިން އަދި ސިމްޕްލް ރޭންޑޮމް ސާމްޕަލިން ހިމެނެއެވެ. އާއްމުގޮތެއްގައި މިފަދަ ސާމްޕަލްތައް ނަގަނީ ކްލަސްޗާ ރެންޑޮޮމް ސާމްޕަލިން ނުވަތަ ސްޓްރެޓިފައިޑް ރެންޑަމް ސާމްޕަލިންގެ ތެރެއިން އެބޭނުމަކަށް ބޮޑަށް ގުޅޭ ގޮތަކަށެވެ.

ރެންޑަމް ސާމްޕަލިނންގެ އުސޫލުތައް

ފުވައްމުލައް ސިޓީގެ އާބާދީ އަކީ 13056 ކަމުގައި ބަލާނަ ރެންޑަމް ސާމްޕަލިން އެއްގައި 100 ސާމްޕަލް އެއީ ސްޓެޓިސްޓިކްގެ ގޮތން ވަރަށް ކުޑަ އަދަދެކެވެ.

އެގޮތުން ސާމްޕަލް ނެގުމަށް ރަށުގެ އެކި ސަރަހައްދުތަކުގައި އާރު.އާރު.ޓީގެ މެމްބަރުން މިއަދާއި މާދަމާ ހަރަކާތްތެރިވާނެ ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. ސާމްޕަލް ނެގުމަށް ބައެއް ގޭގެއަށް ޒިޔާރަތް ކުރާނެކަމަށާއި އެގޮތުން ޒިޔާރާތްކުރާ ޓީމުތަކަށް ރަށުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ އެއްބާރުލުން ދިނުމަށް ކޮވިޑް ޓާސްކްފޯސް ޓީމާއި ސިޓީ ކައުންސިލްގެ އިދާރާއިން އެދިފައި ވެއެވެ.

ފުވައްމުލައް ސިޓީގެ އާބާދީ އަކީ 2019ގެ ނިޔަލަަށް 13056

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • މުހައްމަދުބެ

    ތިޔަ ސާމްޕަލް ސްޓިކް ތަން ބޭކާރު ނުކޮން ތިޔައްވުރެން މާރަގަޅުވާނެ މުދާހިފައިގެން ދެކޮޅުން ދެކޮޅަތް ދަތުރުކުދާ އޮޑި ދޯނި ފަހަރުތަކުގެ އުޅޭ ފަޅުވެރިތްނަން ދުއްތުރާނުކޮން މާލެއިން ރަށަތް ލަފާ ތަނުން އެމީހުންގެ ސާމްޕަލް ނަގާފަ ނަތީޖާ އަވަސް ގޮތަކަން ހޯދާ އެމީހުން ދޫކުރީވިއްޔާ