ހެރެތެރެ ނުވަތަ ކެނަރީފް ރިޒޯޓު ކަރަންޓީނު ފެސިލިޓީގައި ތިބ ފުވައްމުލައް ސިޓީގެ މީހުނަށް ހަދިޔާ ފޮނުމުގެ ފުރުސަތު ފުވައްމުލައް ސިޓީ ކައުނސިލުްނ ހުޅުވާލައިފިއެވެ.
އެގޮތުން ހަދިޔާ ފޮނުވަން އެދޭ ފަރާތްތަކުން ފުވައްމުލައް ސިޓީ ކައުންސިލްގެ ހޮޓްލައިން ނަމްބަރު 1618 އަށްމިރޭ 11:55 ގެ ކުރިން ގުޅައި ނަން ނޯޓުކުރަން ޖެހެއެވެ.
ހަދިޔާގެ ގޮތުގައި ކޮންމެ މިހަކަށްވެސް ފޮނުވެނީ 10 ކިލޯ ގެ ބަރުދަނުގެ ތަކެތި ކަމަށާއި ފުރުސަތު ލިބޭނީ އެންމެ ކުރިން ނަންނޯޓުކުރާ 20 ފަރާތަކަށް ކަމަށް ސިޓީ ކައުންސިލްގެ އިއުލާނުގައި ވެއެވެ.
މިހަދިޔާ އައްޑުއަށް ފޮނުވުމަށް ހަމަޖެހިފައި ވަނީ މާދަމާ 28 މެއި 2020 ދުވަހުގެ ހެނދުނު 11:00 ގައި ފުވައްމުލަކުން ފުރާ ލޯންޗުގައެވެ.
+1
+1
ޚިޔާލުތައް