A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުން ކޮވިޑް-19 ސާމްޕަލް ނަގައި މާލެފޮނުވުމަށް އައްޑުއަށް ފޮނުވައިފި

ކޮވިޑް-19 އަށް ފުވައްމުލައް ސިޓީއިން ސާމަޕްލް ނެގުން 26-27 މެއި 2020

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ފެތުރޭތޯ ބެލުމަށްޓަކައި ޓެސްޓް ކުރުމަށް ކުރިޔަށްގެންދެވުނު ސާމްޕަލް ނެގުމުގެ މަސައްކަތް ނިންމައި ސާމްޕަލތައް މާލެ ފޮނުވުމަށް އައްޑުއަށް ފޮނުވައިފިއެވެ.

ސާމްޕަލް ނެގުމުގެ ކުރިޔަށް ގެންގޮސްފައި ވަނީ މި މެއި މަހު 26 އަދި 27 ވަނަ ދުވަހުއެވެ. ފުވައްމުލަކުން ސާމަޕަލް ނެގުމުގައި ހަރަކާތްތެރިވީ ފުވައްމުލަކު ހޮސްޕިޓަލްގެ ކޮވިޑް “ރެޕިޑް ރެސްޕޮންސް ޓީމު” (އާރު.އާރު.ޓީ) އިން ކަމަށް ފުވައްމުލައް ހޮސްޕިޓަލުން ހާމަކޮށްފައި ވެއެވެ.

ސާމްޕަލްތައް މިހާރުވަނީ ޓެސްޓް ކުރުމަށްޓަކައި މާލެ ފޮނުވުމަށް ސީ އެމްބިއުލާންސްގައި އައްޑޫ ސިޓީ އަށް ފޮނުވާފައި ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވައެވެ.

ފުވައްމުލައް ސިޓީއިން 100 މީހެއްގެ ސާމްޕަލް ނަގާފައި ވެއެވެ. ސާމްޕަލް ނެގުމަށް ހަމަޖެހިފައި ވަނީ އެކި އުމުރު މީހުން ހިމެނޭ ގޮތަށް ރެންޑަމް ކޮށް ކަމަށް ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ. ނަމަވެސް އެކި އުމުރުފުރައިން ސާމްޕަލް ނަގާފައިވަނީ ކިހާމިންވަރަކަށް ކަމެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

ސީއެމްބިއުލެންސް ގައި މިއަދު ހެނދުނު ވަނީ ސަމްޕަލްތައް މާލެ ފޮނުވުމަށް އައްޑުއަށް ފޮނުވާލައިފައި

ސާމްޕަލް ނަގާފައިވަނީ ދޮށީ އުމުރުގެ ކިތައް މީހުންތޯއާއި، ޖިންސްގެ ނިސްބަތާއި، ބޭރުމީހުންނާއި ދިވެހިންގެ ނިސްބަތް އަދި އެކިއުރުމު ފުރައިން ސަމްޕަލް ނަގާފައިވަނީ ކިތައް މީހުންތޯ ސާފުކުރުމަށް ކުރި ސުވާލަށް އަދި ޖަވާބެއް ލިބިފައެއް ނުވެއެވެ.

މީގެ ކުރިން ކޮވިޑް-19 އަށް ޝައްކުކުރެވިގެން ފުވައްމުލައް ސިޓީން 13 ސާމްޕަލެއް ނަގައި ޓެސްޓްކޮށްފައި ވެއެވެ. އެހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގަޓިވް ވެފައެވެ.

ސާމްޕަލް ނެގުމުމުގައި ފުވައްމުލައް ސިޓީގެ ރައްޔިތުންގެ ފަރާތުން ދެއްވި އެއްބާރުލެއްވުމަށް ފުވައްމުލކު ހޮސްޕިޓުން ޝުކުރުވެރިކަމާއެކު ފާހަގަ ކުރެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ އާރުއާއު ޓީމުން ސާމްޕަލް ހޮސްޕިޓަަލަށް ގެންނަނީ…

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !