A wide advertisement which will be shown on all devices. (700 x 100)

ގަވާއިދާއި ޚިލާފަށްް ނަގާފައި ހުރި ދޮންވެލި އަނެއްކާވެސް ގޮނޑުދޮށަށް

ގަވާއިދާއި ޚިލާފަށް ނަގާވައިވާ ދޮންވެލި ގޮނޑުދޮށަށް އަލުން ހުސްކުރަނީ

ގަވާއިދާ ޚިލާފަށް ފުވައްމުލަކު ގޮނޑުދޮށުން ނަގާފައިވާ ދޮންވެލި ބަސްތާތަކެއް އަނެއްކާވެސްް އަނބުރާ ގޮޑުދޮށަށް އަޅާލައިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

މި ދޮންވެލި ބަސްތާތައް ފެނިފައި ވަނީ ހޯދަޑު އަވަށުގެ ގޯއްޗެއްގެ ތެރެއިންނެވެ. މިއަދު ފެނިފައިވަނީ 24 ބަސްތާ ދޮންވެއްޔެވެ. މިވެއްޔާއި ބެހޭ މައުލޫމާތު ސިޓީ ކައުންސިލަށް ރިޕޯޓްކޮށްފައި ވަނީ މިވެލިތައް ބަހައްޓާފައި ހުރި ގޭގެ ފަރާތުންނެވެ. އެއާއެކު ސިޓީ ކައުންސިލުން ވަނީ އެވެލި ބަސްތާތައް ސިޓީ ކައުންސިލް ވަނީ އަލުން ގޮނޑުދޮށަށް އަޅާލާފައެވެ.

އިއްޔެ، 27 މެއި 2020ގައި ވެސް ސިޓީ ކައުންސިލުން ވަނީ ދޫނޑިގަމު އަވަށު ވަލުތެރޭގައި ފޮރުވާފައި ހުރި 44 ބަސްތާ ދޮންވެލި ޕިކަޕެއްގައި ގެންގޮސް ގޮނޑުދޮޑަށް ހުސްކޮށްލާފައެވެ.
ރަށް ގިރުމުގެ ނުރައްކަލުން ފުވައްމުލައް ސިޓީ ހިމާޔަތް ކުރުމަށްޓަކައި ފުވައްމުލަކުގެ ގޮޑުދޮށުން އެއްވެސް ސަރަޙައްދަކުން އެއްވެސް މިންވަރަކަށް ވެލި ފަދަ ތަކެތި ނެގުން ވަނީ މަނާ ކުރެވިފައެވެ. ގަވާއިދާ ޚިލާފަށް ވެލި ނަގާނަމަ އެކަން ފުވައްމުލައް ސިޓީ ކައުންސިލް ހޮޓްލައިން 1618 އަށް ގުޅުއްވައި މައުލޫމާތު ޙިއްސާ ކޮށްދެއްވުމަށް ސިޓީ ކައުންސިލުން އެދެމެވެ.

މިގޮތަށް ވެލި ނަގަނީ އެވެލި ވިއްކުމަށެވެ. އެގޮތުން ރަށުގައި މަސައްކަތް ކުރާ މީހުންނަށާ އެތަންތަނުގައި ބޭނުންކުރަނީ ކޮންގޮތަކުން ހޯދާފައިވާ ވެލިތޯ ބަލައިގެން ނޫނީ މިފަދަ އަމަލުތައް ހުއްޓުވުން ދުރުކަމަށް ގިނަބަޔަކު ބުނެއެވެ. ދޮންވެލީގެ އިތުރުން ކަށިވެއްޔާއި ތުނޑި އޮފް ވެލިވެސް ދޭތެރެ ދެތެރެއިން ގޮނުދޮށުން ނަގާކަން އާމުންނަށް ފާހަގަ ކުރެވިފައި ވެއެވެ.

ފުވައްމުލަކުގެ ގޮޑުދޮށުން ވެލި ނެގުން ހުއްޓުވުމަށް މިހާރު މިވަނީ އިތުރު ފިޔަވަޅެއް އަޅަން ޖެހިފައިވާ ކަމަށް މިފަދަ ކަންތައްތަކާއި ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނެއެވެ. އެގޮތުން ވެލި ގަންނަ ފަރާތްތައް ވެސް ޖޫރިމައިނާ ކުރަން ޖެހޭކަމަށް އެފަރާތުން ހާމަކުރެއެވެ.

ގަވާއިދާއި ޚިލާފަށް ނަގައި ހޯދަޑު ގޯއްޗެއްގައި ބަހައްޓާފައި ހުރި ދޮންވެލި- އެގެ މީހުން ވަނީ ރިޕޯޓްކޮށްފައި

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !