A wide advertisement which will be shown on all devices. (700 x 100)

މުދާ އުފުލާ ބޯޓުތަކުގެ ދަތުރުތައް ހުއްޓާލަން ޖެހިދާނެ – އެފްވީއެމް ކާގޯ ވެސެލް އެސޯސިއޭޝަން

އުޖާލާ ބޯޓޫގެ ފަޅުވެރިންނާއި ދަތުރުވެރިން އައިސޮލޭޝަނަށް ގެންގޮސްފި!

މާލެ އާއި ފުވަވްމުލަކާއި ދެމެދު މުދާ އުފުލާ ދެ ބޯޓު ފުވައްމުލައް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް (‘މޮނިޓަރިން’ އަށް) ގެންދިއުމުން ކަންބޮޑުުވުން ފާޅުކޮށް ބަޔާނެއް ނެރެފިއެވެ. މިބަޔާން ނެރުނީ އެފްވީއެމް ކާގޯ ވެސެލް އެސޯސިއޭޝަނުގެ ނަމުގައެވެ. މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި މިބަޔާން ނެރުނީ ބޯޓު ދުއްވާ ފަރާތްތަކުން ގުޅިގެންނެވެ.

މިހިނދުން މިނހިދަށް ރަޖިސްޓްރީ ކުރެވިފައި ނެތްކަމުގައި ވިޔަސް ބަޔާނުން ގެނެސްދީފައި ވަނީ ފުވައްމުލައް ސިޓީއަށް މުދާ އުފުލާ ބޯޓު ފަހަރުތަކުގެ ކަންބޮޑުވުންކަން ސާފުކޮށް އެނގެއެވެ. ޖަމްއިޔާ ޖަމާއަތްތައް އުފަންވާން މެދުވެރިވާ އެއްސަބަބަކީ މިހާރުު ދިމާވެގެންއުޅޭ ފަދަ ކަންކަން ކަމީ ދުނިޔޭގެ ހަގީގަތެވެ.

އެފްވީއެމް ކާގޯ ވެސެލް އެސޯސިއޭޝަނުގެ ބަޔާނެއް މިނުކުތީ އުޖާލާ ބޯޓާއި ނިރުވާނާ ބޯޓު ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމުން އެކަމުގެ ހުއްޖަތެއްގެ ގޮތުން އެއީ ސިޓީ ކައުންސިލަށް ލިބިގެންވާ ބާރެއް ކަމަށާއި ބޯޓުގެ ބިދޭސީ ބައެއް ފަޅުވެރިން ކޯވިޑް-19 އޮތް މާހައުލެއްގެ ތެރެއަށް ގޮސްފައިވާތީ (މާލެއަށް ފައިބާފައި ވާތީ) ނިންމި ނިމުމެއް ކަމަށް ދޭހަވާގޮށް ސޯޝަލް މީޑިއާގައި އަދި މިކަލް ނޫހުގައި ލިޔެފައިވާ ޚަބަރާކާއި ގުޅިގެން ކަމަށް ބެލެެވެއެވެ.

އެފްވީއެމް ކާގޯ ވެސެލް އެސޯސިއޭޝަނުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ކޮވިޑް-19 ގެ ހާލަތުގައި ރަށަށް އެންމެ މުހިންމު އެއްކަމަކީ ރަށަށް ބޭނުންވާ ވަރަށް ކާބޯތަކެތި ހުސްވިޔަނުދީ ގެނައުން ކަމަށް ވީހިނދު، މިއީ ސިޓީ ކައުންސިލުގެ ވެސް ޒިންމާއަކަށްވީ ނަމަވެސް މިކަމުގައި ހަރަކާތްތެރި ވަނީ ފުވައްމުލަކުގެ ވިޔަފާރިވެރިންނާއި ނާލު އޮޑިފަހަރު ދުއްވާ މީހުންކަން ފާހަގަކޮށްފައިވެއެވެ. އަދި މިކަން ރަށުގެ ރައްޔިތުން ބަލައިގަންނަ ކަމަށާއި މިކަމުގައި އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން މަސައްކަތް ކުރަނީ އޮޑި ދޯނިފަހަރުގެ ފަޅުވެރިންކަން ކަމަށް ވެއެވެ. ސިޓީ ކައުންސިލްގެ މިނިންމުމުގެ ސަބަބުން އެ މުހިންމު މަސައްކަތްތެރިންގެ އަގު ވަޒަން ކުރެވިގެން ނުދާކަމަށެވެ.

ފުވައްމުލުކަށް ކާގޯ މުދާ އުފުލުމަށް އާއްމުކޮށް ދަތުރުކުރަނީ 4 ބޯޓެކެވެ. އެއީ ހަވާސް ބޯޓާއި، ނާރެސް ބޯޓާއި، އުޖާލާ ބޯޓާއި ނިރުވާނާ ބޯޓެވެ. މީގެ އިތުރުން ވިޔަފާރި ވެރިންގެ ޗާޓަރު ދަތުރުތަކަށް ބޮޑެތި މުދާއުފުލާ ދޯނިތައް ވެސް ފުވައްމުލަކަށް ދަތުރުކުރެއެވެ. އާއްމުކޮށް ދަތުރު ކުރާ 4 ބޯޓުގެ ތެރެއިން 2 ބޯޑު މިވަނީ ސިޓީ 14 ދުވަހަށް ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ޟިގެ ކުރިން ރޯދަމަހު ތެރޭ ވެސް އެއްފަހަރު އުޖާލާ ބޯޓު 14 ދުވަހަށް ސިޓީ ކައުންސިލުގެ މޮނިޓަރިން އަށް ގެނދެވުނެވެ.

އެފްވީއެމް ކާގޯ ވެސެލް އެސޯސިއޭޝަނުގެ ބަޔާނުގައިވާ ނުކުތާތަކަށް ބަލާލާއިރު:

ފުވައްމުލަކު ސިޓީ ކައުންސިލުން ނިރުވާނާ ބޯޓާއި އުޖާލާ ބޯޓު ސިޓީ ކައުންސިލުގެ ބެލުމުގެދަށް ގެނައުމަކީ އެލްޖީއޭގެ ނަމްބަރު LGA-221/2020/109 އެންގުމާއި ޚިލާފަށް އެ ދެ ބޯޓާއި ދޭތެރޭ އަޅާފައިވާ ލާއިންސާނީ ހަރުކަށި ފިޔަވަޅެއް ކަމަށާއި އެކަން ނުހަނު ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ބުނެފައި ވެއެވެ.

ފުވައްމުލަކުގައި ދުއްވާ ބޯޓު ފަހަރުތަކަކީ އާއްމު ގޮތެއްގައި 22 ދުވަހުން ދަތުރެއް ކޮށްގެން ޚަރަދުތައް ހަމަޖައްސަމުން އަންނަ ބޯޓުތަކަކަށް ވީއިރު މި 14 ދުވަހުގެ ބަންދާއި ގުޅިގެން އެދަތުރުތައް 38 ދުވަހަށް ދިގުދެމިގެން ދިއުމަކީ ޚަރަދުތައް ދެކޮޅު ނުޖެއްސޭވަރުގެ ގެއްލުމެއް ކަމަށް ދަންނަވާ ކަމަށް ވެއެވެ.

އެފްވިއެމް ކާގޯ ވެސެލް އެސޯސިއޭޝަނުގެ ނޫސް ބަޔާނުގެ ބައެއް. 29 މެއި 2020

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވެ، ބޯޓުތަކަކީ ގިނަ ދުވަހަށް މިހާރުގެ ގަދަވަޔާއި ވިއްސާރާގައި އަދި އަވީގައި ތިބެވޭ ގޮތަށް ފަރުމާކުރެވިފައިވާ އުޅަދުތަކަށް ނުވެ، ފަޅުވެރިންނަށް ނުހަނު ދަތިތަކާއި ކުރިމަތިވާ ކަމަށެވެ. އަދި ބަނދަރުގައި ތިބޭއިރު މެހި މަދީރީގެ އުނދަގޫ ބޮޑުވަފައި ވުމާއެކު މިނުރައްކަލުން ފަޅުވެރިން ސަލާމަތްކޮށް ދިނުމަށް އެދިފައި ވެއެވެ.

އެލްޖީއޭގެ އެންގުމަށް އަމަލުނުކޮށްް، 14 ދުވަހަށް ބޯޓުތައް ބަންދުކުރާނަމަ ފުވައްމުލައް ސިޓީ ކައުންސިލުގެ ފަރާތުން 7 ކަމަކަށް އެފްވީއެމް ކާގޯ ވެސެލް އެސޯސިއޭޝަނުން ޑިމާންޑްކޮށްފައި ވެއެވެ.

  1. “މޮނިޓަރިންގެ” 14 ދުވަސް ގުނާ ދުވަހަކީ ބޯޓު މާލެއިން ފުރާ ދުވަސްކަމުގައި ބެލުން.
  2. މޮނިޓަރިން އަށް ބޯޓު ގެންދިޔަކަމުގައި ވިޔަސް ފަޅުވެރިންގެ ތެރެއިން އަމިއްލަ ގޭގައި 14 ދުވަހަށް ކަރަންޓީން ވާން އެދޭ ފަރާތްތަކަށް އެފުރުސަތު ދިނުން ނޫންނަމަ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން އެއްގަމުގައި ކަރަންޓީނު ކޮށްދިނުން.
  3. އެޗްޕީއޭއާއި ކަމާގުޅޭ ފަރާތްތަކާއި ވާހަކަ ދައްކައިގެން މާލެއާއި އެހެން ތަންތަނުގައި ވެސް މީހުން އެކަހެރިކުރުމާއި ކަރަންޓީނު ކުރުމުގައި ގެންގުޅޭ އުސޫލުން އެއްވެސް ތަފާތުކުރުމެއް ނެތި އަޅާލުމާއި ލޯތްބާއެކު އޯގާތެރިަކމާއެކު މުއާމަލާތު ކުރުން.
  4. އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ހަދާ ގަވާއިދުތަކާއި އުސޫލުތަކުން އެހެން މީހުން ނުރައްކަލަކަށް ނުފޮނުވޭނޭ ގޮތަށް އަމަލުކުރުން.
  5. ބޯޓަށް ކޮންމެހެން ބޭނުންވާނޭ މުހިންމު މަރާމާތުތަކަށް (މިސާލު އިންޖީން، ޖަނެރެޓަރު) ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ޓެކްނިކަލް މީހުންނަށް ބޯޓަށް އަރާފެބޭނޭ ގޮތް ހަމަޖައްސައި ދިނުން.
  6. ކައުންސިލްގެ ފަރާތުން ބަނދަރު ބަލަހައްޓާ މީހުންގެ ފަރާތުން ކުރިމަތިވާ ބޭއަދަބީ ބަހުރުވައިން މުއާމަލާތް ކުރުން ހުއްޓުވައި ދިނުން.
  7. ބަނދަރުގައި ކައުންސިލުން ފެން ދޫކުރަނީ މާލެއަށް ވުރެ ވެސް ބޮޑު އަގެއްކަމަށްވެފައި ވިޔަފާރި އުސުލޫން ފެން ދޫކުރުމުގެ ބަދަލުގައި އާއްމު އަގުތަކުން ފެންލިބޭނޭ ގޮތް ހަމަޖައްސައި ދިނުން.

މިކަންކަމަށް ރިއާޔަތްކޮށް މިހާރު ކުރެވިފައިވާ “ބަންދަށް” ރަނގަޅު ބަދަލުތަކެއް ގެނެސް ދިނުމަށް ކަމާއި ގުޅޭ އެންމެހާ އިދާރާތަކެއްގެ ފަރާތުން އެދިފައި ވެއެވެ. އަދި އެ އެސޯސިއޭޝަނުން ފާހަގަކޮށްފައިވާ ކަންތައްތަކަށް އެދެވޭ ހައެލެއް ނުލިބިއްޖެނަމަ ދަތުރުތައް ވަގތުތީގޮތުން ހުއްޓާލަން ޖެހިދާނެކަމަށް ވެސް ހާމަކޮށްފައި ވެއެވެ.

އެފްވީއެމް ކާގޯ ވެސެލް އެސޯސިއޭޝަނުގެ ނޫސްބަޔާން

މޮނިޓަރިންގެ ދަށުން ބޯޓަކުން ފުވައްމުލަކު ބަނދަރަށް މުދާ ބާލަނީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ޖޮބޭ

    ކައުންސިލުން ފަސްނުޖެހޭނެ ޗާޓަރ ބޯތުފަހަރު ގެނައުމުން ސަރުކާރުގެ ތިޖޫރިން ފައިސާމަދުވާނެ. މިއީ ގަސްދޮސހު ޚަބަރު ލިބޭގޮތެވެ.
    ބޯޓުފަހަރު ދހަތުރުކުރުމުން ސަރުކާރަށް ލުއި ވާނެއެވެ.
    ކޮރަޕްޝަން ނުހިންގޭނެއެވެ.