16 ޖޫޏް 2019 ( އާދީއްތަ )

ފުވައްމުލަކުން ފުރަތަމަ ފަހަރަށް ޕާސްޕޯޓްގެ ހިދުމަތް ދެނީ

ޑިޕާރޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އޮފީހެއް ފުވައްމުލަކުގައި ހުޅުވައިފި

ޑިޕާރޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އޮފީހެއް ފުވައްމުލަކުގައި ހުޅުވައިފިއެވެ.

މިއަދު ހަވީރު ފުވައްމުލަކު އަތޮޅުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި އޮފީސް ހުޅުވާދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ.

މި ހުޅުވުނު އޮފީހުން،ފުވައްމުލަކުގައި ތިބެގެން އީ-ޕާސްޕޯޓް ހެދުމުގެ، ހިދުމަތް ފޯރުކޮއްދެވޭނެއެވެ.
ނަމަވެސް އީ-ޕާސްޕޯޓް ހެދުމަކީ ވަރަށް ޓެކްނިކަލް ކަމަކަށް ވަތީ ޕާސްޕޯޓްތަށް ޕްރިންޓްކުރުމަށް ހަމަޖެހިފައިވަނީ މާލެއަށް ފޮނުވައިގެންކަމަށް މިކަލް ނޫހަށް ވަނީ މައުލޫމާތު ލިބިފައިއެވެ.

ޑިޕާރޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ފުވައްމުލަކު އޮފީހާކީ، ފުވައްމުލަކު އަތޮޅު ކައުންސިލާއި ޑިޕާރޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އާއި ގުޅިގެން ހުޅިވި އޮފީހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި މި އޮފީސް ނިންމުމުގެ ހުރިހަ މަސައްކަތެއް ކޮއްފައިވަނީ ފުވައްމުލަކު އަތޮޅު ކައުންސިލުންނެވެ.


ކިޔުންތެރިންގެ ޚިޔާލު