A wide advertisement which will be shown on all devices. (700 x 100)

އަހަރުތަކަކަށް ފަހު ފުވައްމުލަކަށް ފުޅަނގި އަރަންފަށައިފި

ފުޅަނގި އަރަން ފެށުމާއިއެކު އެހޮވުމަށް ގިނަ އަދަދެއްގެ ކުދިބޮޑު ރައްޔިތުން އަތިމައްޗަށް ނިކުމޭ

ހުޅަނގު މޫސުން ނިމެން ގާތްވުމާއިއެކު ފުވައްމުލަކުގެ ކުދި ބޮޑު އެންމެންހެން ކަހަލަ ގޮތަކަށް އަރިތިމައްޗަށް ނިކުމެއެވެ. ފުޅަނގި ނެގުމަށް ހުންނަ ފޯރިއެއްގެ ބޮޑު ކަމުންނެވެ. މިގޮތަށް މާޒީގައި މިކަން ހިގަމުން ދިޔަ ނަމަވެސް ފަހަކަށް އައިސް ފުޅަނގި ހޮވުމުގެ ފޯރި އެއްކޮށް ކަހަލަ ގޮތަކަށް ނެތިގެން ދިޔައީ ފުޅަނގި އެރުން ހުއްޓުމުންނެވެ. އެއަށްފަހު ޒަމާން ތަކަކަށްފަހު މީގެ ހައެއްކަ ދުވަސް ކުރިން އަލުން ފުޅަނގި ފުވައްމުލަކަށް އަރަން ފަށައިފިއެވެ. މިއީ ފުވައްމުލަކުގެ ތަގާފަތާއި ގުޅިފައިވާކަމެކެވެ.

މިފަހަރުވެސް ފުޅަނގި އެންމެ ތިޔާގި ކަމަށް ވަނީ އެހެންފަހަރު ފަހަރުވެސް އެންމެ ގިނަ އަދަދަކަށް ފުޅަނގި އަރާ އެއްދިމާ ކަމަށްވާ ނެރެނގަޑާއި ގެން މިސްކިތް ފަންނާ ދެމެދަށް ކަމަށްވެ އެވެ. 

އާންމުކޮށް ކެއުމަށާއި އެމަކަށް ބޭނުންކުރާ ފުޅަނގި އެއްގަމަށް އަރަނީ ބޮޑެތި މަސްތަކުގެ ކިބައިން ސަލާމަތްވާން (ޚާއްސަކޮށް ކަންނެލި) ކުރާ މަސައްކަތުގައި ކަމަށްވެއެވެ. ފުޅަނގި އަރަން ފެށުމާއިއެކު މަސްވެރިކަން ޚާއްސަކޮށް ކަންނެލި މަސްވެރިކަމާއި ހަނދީގެ މަސްވެރިކަން ތިޔާގިވެއެވެ. 

ރާއްޖޭގެ އެހެން ރަށަކަށް މިފަދަ ގޮތަކަށް ފުޅަނގި އަރާކަމެއް ރިކޯޑް ކުރެވިފައެއް ނުވެއެވެ.

 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !